ކޮންމެ ރަށެއްގެ ކުރިމަތީގައި އެއާޕޯޓް އަޅަން ނޫޅުއްވާ، އެއީ ތަރައްޤީ އެއްނޫން: ރައީސް ނަޝީދު

ކޮންމެ ރަށެއްގެ ކުރިމަތީގައި އެއާޕޯޓް އަޅަން ނޫޅުއްވާ، އެއީ ތަރައްޤީ އެއްނޫން: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 09:10
0

ރާއްޖޭގެ ކޮންމެ ރަށެއްގެ ކުރިމަތީގައި އޮންނަ ފަޅުތެރޭގައި ނުވަތަ ފަޅު ރަށުގައި އެއާޕޯޓް އަޅައި، ބަނދަރު ހެދުމުގެ ވިސްނުން ދޫކޮށްލައި ޖަޒީރާވަންތަ ދިރިއުޅުމެއް ޙިޔާރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ދެކުނުގެ 4 އަތޮޅުން ގުޅިގެން ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖަޒީރާވަންތަކަމާއި، ރަށްފުށުގެ ރީތިކަމާއި ނާޒުކުކަން ގެއްލޭގޮތަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ކޮންމެ އަތޮޅެއްގައި ކޮންމެ ރަށެއްގައި އެއާޕޯޓާއި، ޕޯޓާއި، ބަނދަރު އެންމެ ޒަމާނީ ފެންވަރަށް، އިންޓަރނޭޝަނަލް ފެންވަރަށް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ރާޢްޖެއަކީ ޖަޒީރާ ގައުމެއް. ކޮންމެ ސަރަހައްދަކީ ގައުމެއްނޫން. ކޮންމެ ރަށެއްގެ ބަނދަރުގައި އެއާޕޯޓެއް އަޅަން އުޅެއްޖެނަމަ ވާނީ ދެމީދާ ފެހި ބުޅަލަށް ވީވަރު، ދެނުކުނުގެ 4 އަތޮޅުން ޖެހޭ މިކަމާއި ވަރަށް ވިސްނަން. ދެކުނުގެ 4 އަތޮޅުގެ ކައުންސިލުން އެއްމޭޒެއްގެ ދޮށުގައި ތިބެ މިކަން ނިންމަންޖެހޭ. ތިބޭފުޅުންނަކީ އަޅުގަނޑުމެން ފިކުރުގެ އަޅުގަނޑުމެންގެ ޕާޓީ މީހުން. ތިބޭފުޅުންގެ ކިބާގައި ތިބޭފުޅުންގެ ކަންކަން ނިންމުގެ ޤާބިލްކަން ހުންނާނެ.

–  ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖަޒީރާ ވަންތަކަށް ލޯބިކޮށް، ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ސަމާލުކަން ދެއްވަންޖެހޭކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ކަށަވަރުކޮށްދީ، ވެފައިވާ ވައުދުތައް ފުއްދުމުގައި މިހާރު އޮތް އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ކާމިޔާބީއާއި ހަމަޔަށް ވާސިލް ވެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.