ނޭކުރެންދޫ އަންހެނުންގެ ކޮމެޓީ އިންތިޚާބު: އަދާލަތު ފުލަށް، ޕީޕީއެމްއާއި، އެމްޑީޕީއަށް ކާމިޔާބު

ނޭކުރެންދޫ އަންހެނުންގެ ކޮމެޓީ އިންތިޚާބު: އަދާލަތު ފުލަށް، ޕީޕީއެމްއާއި، އެމްޑީޕީއަށް ކާމިޔާބު

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2022 05:27
0

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކާއި، އެމްޑީޕީގެ ކެނޑިޑޭޓަކު ކާމިޔާބު ކޮށްފިއެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ހެނދުނު 08:00ގައި ފެށިގެން މެންދުރުފަހު 15:00އާއި ހަމައަށެވެ. މިއިންތިޚާބުގައި 6 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 2 ކެނޑިޑޭޓަކާއި، އިދިކޮޅު ޕީޕީއެމްގެ 2 ކެނޑިޑޭޓަކާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ 2 ކެނޑިޑޭޓަކެވެ.

މިނަތީޖާއާއެކު ނޭކުރެންދޫގެ އަންހެނުންގެ ތެރަައްގީއަށް މަސައްކަތް ކޮމެޓީގައި ތިބި ފަސް މެމްބަރުންގެ ތެރެއިން 2 މެމްބަރުނަކީ އެމްޑީޕީ މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ. ނޭކުރެންދޫ އަންހެނުންގެ ކޮމެޓީގައި ދެން ހިމެނޭ މެމްބަރަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ.

މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޚަދީޖާ އިބްރާހިމް އާއި، އެމްޑީޕީގެ ކެނޑިޑޭޓް އާމިނަތު ސުވައިދާއެވެ. އިދިކޮޅު ޕީޕީއެމުން ދަނީ މިހާރު ބާއްވާ ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ ރަށްތަކެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަމުންނެވެ. އެއީ ކުރިން އިންތިޚާބުވެފައި ތިއްބެވި ބައެއް މެންބަރުން އިސްތިއުފާ ދެއްވަމުން ގެންދާތީއެވެ.

މިހާ ގިނަ އިންތިޚާބުތަކެއް ބޭއްވުމަކީ ޚަރަދު ބޮޑު ކަމަކަށްވާތީ ޤާނޫނީގޮތުން އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. ދެން އެންމެ އަވަހަށް އޮންނާނީ މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިޚާބެވެ. އެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 16ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.