ޔާމީން ވަރަށް އަނިޔާދިން، ކޮއްކޮ އަކަށްވިޔަސް އެކީގައި ދެން މަސައްކަތެއް ނުކުރާނަން: މައުމޫން

ޔާމީން ވަރަށް އަނިޔާދިން، ކޮއްކޮ އަކަށްވިޔަސް އެކީގައި ދެން މަސައްކަތެއް ނުކުރާނަން: މައުމޫން

ކުރީގެ ރައީސް ޔާމީނަކީ ކޮއްކޯފުޅަށް ވީނަމަވެސް އެކީދެން ސިޔާސީ މަސައްކަތެއް ނުކުރާނެކަމަށާއި، ރައީސް ޔާމީން ވަނީ އެއްވެސް ކުށަކާއި ނުލައި ބޮޑެތި އަނިޔާތަކެއް ދެއްވާފައިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ސިޔާސީ މަސަކަތްޕުޅާއި އަދި ކުރިމަގުގައި ސިޔާސީކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން އޮލައިން ނޫސް "ސީއެންއެމް" އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނަށް އެއްވެސް ކުށަކާއި ނުލައި ބޮޑެތި އަނިޔާތަކެއް ދީފައިވާ މީހެއްކަމަށެވެ. ކޮއްކޯފުޅަށް ވީނަމަވެސް ސިޔާސީ ގޮތުން ރައީސް ޔާމީނާއިއެކު ދެން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލެއްވި ހިތި ހަނދާންތައް އާކުރައްވައި، އެހަނދާންތައް ހިއްސާ ކުރައްވާފައެވެ. އަދި އެތަޖުރިބާގެ އަލީގައި މުސްތަގުބަލުގައިވެސް ސިޔާސީ ގޮތުން ރައީސް ޔާމީނާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އަޅުގަނޑު ހިތަކު ނެތް އެއްވެސް ވަރަކަށް ޔާމިނާ ގުޅިގެން ސިޔާސީ މަސައްކަތެއް ކުރާނަމެކޭ. އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާދީފަ ހުރި މީހެއް އެއީ. އަޅުގަނޑުގެ އެއްވެސް ކުށަކާ ނުލާ ވަރަށް ބޮޑެތި އަނިޔާދީފަ ހުރީ. އަޅުގަނޑުގެ ކޮއްކޮއަކަށްވިޔަސް އޭނައާއެކު ސިޔާސީ މަސައްކަތެއްގަ ނޫޅެވޭނެ އިނގޭތޯ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޔާމިނަށް މާފު ދެއްވަން ޖެހޭނެ ނޫންތޯއާއި, ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭނެ ނޫންތޯ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ރަހިމުގެ ގުޅުން ކިތަންމެ މުހިންމު ވިޔަސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށްލައްވައި އެތަކެއް އަނިޔާތަކެއް ދެއްވާފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްކޮޅުން ރަހިމުގެ ގުޅުން ދަމަހައްޓަން ބޭނުންވިޔަސް އަނެއްކޮޅުން އެކަން ކުރަން ބޭނުންވާ ކަމުގައިވާނަމަ އެކަން ނުކުރެވޭނެކަމަށެވެ.

އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑުގެ ކުދިން ފާރިޝް ވެސް ހައްޔަރު ކުރި. ނަދީމް ވެސް ހައްޔަރު ކުރި. ދެން މިހެން ގޮސް ބައިވަރު ކަންތައް ކޮށްފަހުރީ. އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫން ހައްޔަރު ކުރިއެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމާއި ހަމައަށް ރައީސް މައުމޫން ހުންނެވީ ޖަލުގައެވެ. ރައީސް މައުމޫނަކީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ނިކުންނެވި ސިޔާސީ ލީޑަރެވެ. ރައީސް މައުމޫން ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ތާއީދު އަބުރާ ގެންދެވިކަން ހާމަކޮށް ދެކޮޅަށް މަސައްކަތް ފައްޓަވާފައެވެ.

ރައީސް މައުމޫން އޭރުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގައި މިހާރު އޮތް ކޯލިޝަނާއިއެކު ކުރެއްވި މަސައްކަތުން މިސަރުކާރުގެވެސް ކޯލިޝަން އެއްބައިވެރިއެއްގެ ގޮތުގައި އެމްއާރުއެމް ދަނީ ބައިވެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ބަލަ ރަހުމުގެގުޅުމަކީ އެއްމަންމަޔަކު އެއް ރަހިމަކުން ވިހާފައޮތީމަ އޮންނަގުޅުމެއް އެދެމީހުންވިހެއީ ދެމަންމައަކު ދެބަޑުން ދެ ރަހިނުން ދެނޯ

  2. ކުޑަކާފު ބޮޑު ކާފު މުސްކުޅި ބެއްޔާ ވެރިކަމުގެ ދަހިވެތި ކަމުގަ ބަޢާވާތް ގެންނަން އުޅުން ހަދާން ނެތުނީތަ ކަލޭ ދުވަހަކު މާފުނުކުރިޔަސް ހެޔޮ ކިރުބޯ

Leave a Reply

Your email address will not be published. Required fields are marked *