ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން އުފެދިގެން އައީ، އޭރު އޮތް ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ އެތައްކަމަކަށް އިންސާފު ހޯދުމުގެ ވައުދާއި އެކުގައިކަމަށާއި، ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި ހޯދުނީ ކޮން އިންސާފެއްތޯ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ސުވާލު ކުރައްވައިފިއެވެ.
އިއްސެ މިހެން ވިދާޅުވީ ކުރިއަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދު ތާއީދުކުރާ އިންތިގެ ޓީމުން މިސަރުކާރާއި ހުދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. އިންތިއަށް ތާއީދު ކުރާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޯކަސް ވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލިއިރު ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަކީ 0 ކަމަށް ބުނެފައެވެ.
އޭނާ ބުނެފައިވަނީ މި ވާހަކަ ދެއްކީމަ ސަރުކާރާ ދެކޮޅުވުން ކަމަށް ވަންޏާ ބުނާނެ އެއްޗެއް ނެތް ކަމަށާއި، 2023ގަ ރައްޔިތުން މި ސުވާލު ކުރީމަ ދޭނެ ޖަވާބެއް އޮންނަން ވާނެކަމަށެވެ. ލޫކަސްގެ މިސުވާލާއި ގުޅިގެން އިއްސެ ވަނީ ލޫކަސް އަށް ސުވާލެއް ކުރިމަތިކޮށްފައެވެ. އޭ ވިދާޅުވީ ރައީސް މައުމޫން ދައުރު ހިންގިކަމަށް އޭރު ފަތިވަރުއެމުނި ކޮރަޕްސަނާއި އަނިޔާވެރިކަމަށް ރައީސް ނަސީދުގެ 3 އަހަރު ކޮންއިންސާފެއްތޯ ކަމުގައެވެ.
2013 އަދި 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަކުރީ ރައީސް މައުމޫން ދައުރު ހިންގިކަމަށް އޭރު ފަތިވަރުއެމުނި ކޮރަޕްސަނާއި އަނިޔާވެރިކަމަށް ރައީސް ނަސީދުގެ 3 އަހަރު ކޮންއިންސާފެއް ހޯދައިދީގެންތޯ؟ ކޮންމެ އިންތިހާބަކަށް އާއްމު މެމްބަރުން ގުނބޯ ހެއްދޭނެކަމަށް ދެކުން ދެރަ!
– އިއްސެ ވިދާޅުވިއެވެ.
2013 އަދި 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަކުރީ ރައީސްމައުމޫން ދައުރު ހިންގިކަމަށް އޭރު ފަތިވަރުއެމުނި ކޮރަޕްސަނާއި އަނިޔާވެރިކަމަށް ރައީސްނަސީދުގެ 3 އަހަރު ކޮންއިންސާފެއް ހޯދައިދީގެންތޯ؟????♂️
ކޮންމެ އިންތިހާބަކަށް އާއްމު މެމްބަރުން ގުނބޯހެއްދޭނެކަމަށް ދެކުން ދެރަ! https://t.co/AfhtSMUhD9
— Ismail Ahmed (@N4Isse11) April 11, 2022
އިއްސެގެ ވާހަތަކާއި ގުޅިގެން އިންތިއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އޭނާ މަޖިލީހަށް އައީ ރައީސް ނަޝީދުގެ ގައިގައި އެލިގެންކަމަށް ބުނެ ފާޑުކިޔާފައެވެ. މިވާހަތަކަށްވެސް އިއްސެ ވަނީ ރައްދު ދީފައެވެ. އިއްސެ ވަނީ އޭނާ ދުވާފަރު ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް އައި ވޯޓުގެ ތަފްސީލްވެސް ހާމަކޮށްފައެވެ. އަދި އޭނާ ކޮންމެ ގޮތަކަށް މަޖިލީހަށް އައިކަމަށް ވިޔަސް އެއީ އެހެން ހުރިހާ އަަސާސްތަކަށް ފައިންއަރާފަ އެމީހާ އެޅިހާ ބަތަކަށް ރިހަވާންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެލިގެންތޯ! ނޭލިތޯ ތިކިޔާ ވާހަކަބާއްވާފަ އަޅެ ބުނެބަލަ!! މިސާލަކަށް މީހެއްގެގައިގަ އެލިގަނެގެން އާދެވުނިއްޔޯ! އެއީ އެހެން ހުރިހާ އަަސާސްތަކަށް ފައިންއަރާފަ އެމީހާ އެޅިހާ ބަތަކަށް ރިހަވާންޖެހޭ ކަމެއްތޯ⁉️
– އިއްސެ ވިދާޅުވިއެވެ.
އެލިގެންތޯ! ނޭލިތޯ ތިކިޔާ ވާހަކަބާއްވާފަ އަޅެ ބުނެބަލަ!!
■މިސާލަކަށް މީހެއްގެގައިގަ އެލިގަނެގެން އާދެވުނިއްޔޯ!
އެއީ އެހެން ހުރިހާ އަަސާސްތަކަށް ފައިންއަރާފަ އެމީހާ އެޅިހާ ބަތަކަށް ރިހަވާންޖެހޭ ކަމެއްތޯ⁉️އެމްޑިޕީ އެތެރެ އިންތިހާބު ނަތީޖާ 2021 ????
އެލި/ނޭލިތޯ ނިންމަން އެހީއެށް! pic.twitter.com/6mMQzCBnJe— Ismail Ahmed (@N4Isse11) April 12, 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ދެފެކްޝަންގެ ވާދަވެރިކަން ބޮޑުވެ، ދެރައީސުންގެ ބޮޑު ކުރިމަތިލުމަށް މިވަނީ ވެފައެވެ. ޚާއްސަކޮށް ރައީސް ނަޝީދު ސީދާ ފާޅުގައި ސަރުކާރައް ޖެއްސުންކޮށް ވާހަތައް ދައްކަން ފެށުމުން، ސަރުކާރަށް ތާއީދުކުރާ އަދި ރައީސް ޞާލިހަށް ވަފާތެރި މެމްބަރުން ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.
One Response
ޥެރިކަމައިގެން ހިސާބަށްވުރެ ބޮޑަށް ބޫތުކޭމަ ވާނީ ތިޔަ ނަޝީދަށް ވެފަ ހުރިގޮތް. އޭނާ ދެކޭ ގޮތުގަ އޭނާ ބޭނުންވާ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ނިމިގެން ނުވާނެ.ޚުދު މުޚުތާރުކަން ބޮޑު ދުއްޕާން މީހެއް