ޚިޔާނާތުގެ ލިސްޓާއި، ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މައްސަލަ ކުރިއަށްގެންދާނީ އެކީގައި: އޭސީސީ

ޚިޔާނާތުގެ ލިސްޓާއި، ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މައްސަލަ ކުރިއަށްގެންދާނީ އެކީގައި: އޭސީސީ

Author
މުޙައްމަދު ޖިމީ
11 އޭޕްރިލް 2022 02:12
0

އެމްއެމްޕީއާރުސީގެ މައްސަލަ އަވަސްކުރުމަށް، އެ ޚިޔާނާތުން މަންފާވިކަމަށް ބުނާ މީހުންގެ މައްސަލއާއި، ނުއަގުގައި ދޫކުރި ރަށްތަކުގެ އަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ. އޭސީސީން މިކަން ހާމަކުރެއްވީ އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެންބަރުން ފުރަތަމަ ފަހަރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކުރެއްވުމުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިން އޭސީސީގައި ތިއްބެވި މެންބަރުންނާމެދު މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިއޮތީ އޭސީސީގެ މަސައްކަތްތައް ލަސްވެ ނަތީޖާ ނުނެރެވުމެވެ. މިއާއެކު އެ މެންބަރުން ވަކިކޮށް އައު މެންބަރުން އޭސީސީއަށް ލެއްވުމުގެ މަސައްކަތް މަޖިލީހުން އޭރު ފެށިއެވެ. އަދި މިހާރު އަލަށް އޭސީސީއަށް އައްޔަންކުރެއްވި މެންބަރުންނާއެކު ފުރަތަމަފަހަރަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ ގިނަ ސުވާލުތަކެއް އަމާޒުކުރެއްވީ އެމްއެމްޕީއާރުސީގެ މައްސަލައަށެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް އިބްރާހިމް ޝާމިލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވލުމުގެ މަސައްކަތް ކުރަމުން އަންނަކަަމށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އެހެން އިދާރާތަކާވެސް ގުޅިގެން ކުރިއަށްގެންދާ މައްސަލައެއްކަމުން އެ އިދާރާތަކާއިވެސް މަޝްވަރާކޮށްގެން އަވަސްކުރެވޭނެ ހުރިހާމަހެއް ބަލަމުން އަންނަކަަމަށް އޭސީސީގެ އައު ރައީސް ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ހަމައަގު އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާކަމަށެވެ. އޭނާ ވިދާލުވީ އެކޮމިޝަންގެ ތަހުގީގްތައް އެންމެ ބޮޑަށް އަމާޒުކުރައްވާނެ އެއްދިމާލަކީ އެ ރަށްތަކުގެ ހަމަ އަގު ދައުލަތަށް ހޯދުންކަމަށެވެ.

ޤާނޫނާ ޚިލާފަށް ޓުރިޒްަމް ބޭނުމަށް ދޫކޯށްފައިވާ ރަށްތަކުގެ ހަމައަގު ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް އޭސީސީން ވިދާލުވެފައިވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ރަށްތަކުން ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.