ނިހާދު ބޮންޑެއަށް: ސަރުކާރު ވައްޓާލަން ތިއުޅުއްވަނީ ފުއްގިރި މައްސަލަ ހިނގަން ފެށީމަތޯ؟

ނިހާދު ބޮންޑެއަށް: ސަރުކާރު ވައްޓާލަން ތިއުޅުއްވަނީ ފުއްގިރި މައްސަލަ ހިނގަން ފެށީމަތޯ؟

Author
މުޙައްމަދު ޖިމީ
11 އޭޕްރިލް 2022 12:32
0

މިސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމަށް ވިދާޅުވެ، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އަށް ވަރަށް ފާޑުވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށާއި، އެމްޑީޕީގެ ސަރުކާރެއް ނަމަ، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރާނެކަމަށް ބޮންޑެ ވިދާޅުވުމާއި ގުޅިގެންނެވެ.

ބޮންޑެއަށް ރައްދު ދެއްވާ ނިހާދު ވަނީ، ސަރުކާރު ވައްޓާލަން އަޑަށް ބާރުލާފައި މަސައްކަތްކުރަނީ ފުއްގިރި މައްސަލަ ހިނގަން ފެށީމަތޯ ސުވާލުކުރެއްވިއެވެ. ނިހާދު ވިދާޅުވީ، އެ މައްސަލަތައް ބަލާނެ،އެފަދަ ކަމެއް ކޮށްފައޮތްކަން ސާބިތުވާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އޭނާ ވަނީ ބިރުން އުޅުއް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސަރުކާރު ވައްޓާލަން ތިހާ އަޑަށް ބާރުލާފައި މަސައްކަތްކުރަނީ ފުއްގިރި މައްސަލަ ހިނގަން ފެށީމަތަ؟ ބޮންޑެއަށް ދަންނަވަން އޮތީ މައްސަލަތައް ބަލާނެ، ފިޔަވަޅު އަޅާނެ، އެފަދަ ކަމެއް ކޮށްފައޮތްކަން ސާބިތުވާނަމަ! ބިރުން އުޅުއް ހުއްޓާލާ!

– އިބްރާހީމް ރަޝީދު

ބޮންޑެއާއި ނިހާދު ޓްވިޓާގައި ދަނީ ހޫނު ރައްދެއް ދެއްވަމުންނެވެ. ނިހާދު މީގެ ކުރިން ވަނީ ސަރުކާރު ވައްޓާލަން މަގުމައްޗަށް ނިކުނަންވީނުތޯވެސް ވިދާޅުވެ ރައްދު ދެއްވާފައެވެ.

ދެ މެންބަރުން މިފަދައިން ރައްދު ދެއްވަމުން ގެންދަވާއިރު، ސަރުކާރު ބަދުނާމުކޮށްގެން ސަރުކާރު ވައްޓާލަން އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި ވާދަކުރައްވާ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދު ކުރައްވާ ބޭފުޅުން އުޅުއްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

ބޮންޑެ އިއްޔެ ވިދާލުވެފައިވަނީ، މިހާރު ކަންކަން މިދާގޮތަށް ދާނަމަ 2023 ގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ސަބަބެއް ފެންނަން ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރާ ދޭތެރޭ ރައްޔިތުން އިތުބާރު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށްވެސް ބޮންޑެ އިއްޔެ ވިދާލުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމާ
Noos thakuge falasuruhee ah aran beynunvaa mdp dhethin kena ulhey
ާ ާއަލީ
ޢެއްބަޔަކު އަނެއްބަޔަކު އޮރިޔާން ވާއިރުވެސް ނޭގޭ
ސ ސަންފަ
ސަރުކާރާ ދޭތެރޭ އިތުބާރެއް ނުގެއްލޭ އެކަމަކު އިންތި ދެ ހަސަނު ބޮންޑެ އަދި ބުއްޅައާ ދޭތެރޭ އިތުބާރު ވަނީ ގެއްލިފަ ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ އެއް ނުހިންގައޭ ތިޔަ ބައިގަނޑު ބުނި ނަމަވެސް ރައްޔިތުންނަށް ފައިދާ ހުރި ރައްޔިތުން އެދޭ ކަންތައްތައް ދަނީ ސަރުކާރުން ކޮށްދެމުން. ޙުރިހާވެސް މައްސަލައަކީ ސަރުކާރު ހިންގުމުގަ އަންނިގެ މަޝްވަރާގެ މަތިން ކަންތައް ނުކުރާތީ ކަމަށް ލަފާކުރެވެނީ.