ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ މަސް ކަމަށް މެޓް އޮފީހުން ކުރިން ވެސް ބުނެއެވެ. އެކަމަކު މިދިޔަ 29 އަހަރުގެ ހިސާބުތަކާ އެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ފިނިހޫނުމިން އަހަރުގެ އެކި ދުވަސްވަރު ހުންނަ ގޮތް ވެސް ކިޔައިދީފައެވެ. މިމަހު ރާއްޖޭގެ ހޫނުމިން އާންމު ގޮތެއްގައި އުޅޭނީ 29.6 ނުވަތަ 29.7 ޑިގްރީ ސެލްސިއަސްގައެވެ. އެގޮތުން އެންމެ ބޮޑަށް ހޫނުވުމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރަށެވެ.
ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގައެވެ. އުތުރުން ހދ. ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީސެލްސިއަސްއެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސްއެވެ.
MMS publicizes temperature across five stations every day at 1100, 1400 & 1700hrs on the MMS Viber group.
Generally, the maximum temperature of the day occurs around 1400hrs.
Link to MMS Viber group: Viber group link: https://t.co/jVN4MpSkU2 pic.twitter.com/3zxnQYZYxL
— Maldives Meteorology (@MetMaldives) April 7, 2022
މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ، އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުގަދަވީ ސެޕްޓެމްބަރު 12، 1991 ގަ އެވެ. އެ ދުވަހު ލ. ކައްދު އަށް 36 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވިއެވެ.
އޭޕްރީލްމަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. އަދި މިއީ ރޯދަމަހަށް ވުމާއެކު ގިނަވަގުތު އަވީގައި ނޫޅުމާއި އާންމު ސިއްހަތަށް ވިސްނައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމުގޮތެއްގައި ރޯދަމަހުގެ މެންދުރު 14:00 އަކީ އެންމެ ހޫނުގަދަވާ ވަގުތެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސްމެއެވެ.
ކޮމެންޓު ފޮނުވާ