ކުލި ބަލައިގަންނަނީ ޕޯޓަލް، ނުވަތަ އޮފީހުން އެކަނި: އެޗްޑީސީ

ކުލި ބަލައިގަންނަނީ ޕޯޓަލް، ނުވަތަ އޮފީހުން އެކަނި: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް އެކި ފަރާތްތަކުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަލައިގަންނަނީ އެޗްޑީސީގެ ޕޯޓަލާއި އެޗްޑީސީގެ އޮފީހުންކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ އެ ކޯޕަރޭޝަނާއި އެކި ފަރާތްތަކާމެދު ގަނެ ވިއްކުމަށާއި ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައްކަވަންޖެހޭ ފައިސާ، ބޭންކު ކައުންޓަރ، އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގގެ ޒަރީއާއިން އެ ކޯޕަރޭޝަނުގެ އެކައުންޓްތަކަށް ބައެއް ފަރާތްތަކުން ޖަމާކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް އެ ގޮތަށް ދައްކަވާ ފައިސާ ދެއްކެވީ ކޮންފަރާތަކުން، ކޮންބިމަކަށް ނުވަތަ ކޮން އެއްމެދު-އިމާރާތަކަށްކަން ދެނަގަތުމަށް ދަތިތަކެއް ދިމާވަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ މިކަންކަން މިހެން ދިމާވާތީ މިމަހުގެ އެއްވަނަ ދުވަހުން ފެށީގެން ބޭންކް ކައުންޓަރ، އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ(އެކައުންޓް ޓްރާންސްފަރ)ގެ ޒަރީއާއިން އެ ކޯޕަރޭޝަނުން ފައިސާބަލައި ނުގަންނާނެކަމަށެވެ.

އަދި މިމަހުގެ 1 ވަނަ ދުވަހުން ފެށީގެން އެ ކޯޕަރޭޝަނަށް ފައިސާ ދެއްކެވުމަށްޓަކައި އެކޯޕަރޭޝަނުން ތަޢާރަފް ކޮށްފައިވާ 'މައިހުޅުމާލެ! ވެބް ޕޯޓަލް ލިންކް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އެޗް.ޑީ.ސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ޙާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *