ޒެލެންސްކީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވައިފި

ޒެލެންސްކީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވައިފި

Author
ހުސެއިން
05 އޭޕްރިލް 2022 08:03
0

ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވައިފިއެވެ.

ރަޝިއާއިން ޔޫކުރެއިންގެ ބުޗާ ޓައުންގައި ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޒެކެންސްކީ ވިދާޅުވަފައިވަނީ، ރަޝިއާއިން އެގައުމުގައި ގަތުލުއާންމުތައް ހިންގަމުން ދާކަމުގައެވެ. އަދި ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާ ސިފައިން ބުޗާ ޓައުންގައި އެއްވެސް ކުށެއްނެތް އާންމު ރައްޔިތުން މަރާލާފައިވަނީ އެމީހުންގެ ގޭގެ ކުރިމަތީގައި ތިއްބައިކަމުގައެވެ. އަދި ރަޝިއާ ސިފައިންވަނީ، އަންހެނުން އެމީހުންގެ ދަރިންގެ ކުރިމަތީގައި ރޭޕް ކޮށްފައި ކަމަށާއި، ރަޝިއާއިން ވަނީ މިފަދަ އިންސާނިއްޔަތާއި ކިލާފު ޖަރީމާތައް އެގައުމުގެ އެތައް ސަރަހައްދެއްގައި ހިންގާފައިކަމުގައެވެ.

އަދި ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާ ސިފައިންވަނީ އެމީހުން ހިފި ސިޓީތައް ލޫޓުވާލާފައި ކަމަށާއި، ރަޝިއާއިން ހިންގާފައިވާ ޖަރީމާތައް ނޫސްވެރިންނަށާއި ބައިނަލްއަގުވާމީ ހުރިހާ ފަރާތަކަށްވެސް އެއްވެސް ހުރަހެއްނެތި އެގައުމުން ހާމަކުރަމުން ދާނެކަމަށެވެ. އަދި ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާއިން ހިންގާފައިވާ ޖަރީމާތައް ދިފާޢު ކުރުމަށްޓަކާ ރަޝިއާއިން އެހެން ހުރިހާ އެންމެވެސް ކުށްވެރިކުރަމުން ދާނެ ކަމުގައެވެ.

އަދި މިއީ، ޔޫއެންއިން ތަހުގީގު ކުރަންޖެހޭ ޖަރީމާތައް ކަމުގައި ވިދާޅުވަމުން ޒެލެންސްކީވަނީ ޔޫއެންގެ ޗާޓަރު ހިމާޔަތް ކުރުމަށާއި އަދި ޔޫއެން ރީފޯމްކުރުމަށްވެސް ގޮވާލައްވާފައެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ، ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ގައުމުތަކަށް ލިބިދީފައި އޮންނަ ވީޓޯގެ ބާރަކީ ގައުމުތައް ނެތިކޮށްލާ ބާރަކަށް ވެގެން ނުވާނެ ކަމުގައެވެ.

ޔުއެން ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ނިންމަވާލައްވަމުން ޒެލެންސްކީ ވަނީ ރަޝިއާއިން އެގައުމުގައި ހިންގާފައިވާ ޖަރީމާތަކާއި ގުޅުންހުރި ވީޑިއޯއެއް ދައްކަވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވީޑިއޯ ދައްކާލެވޭ ގޮތްނުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.