ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯއާއިއެކު ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވެފައިވަނީ މީހަކީ 2020 އޮކްޓޯބަރ 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު، ފައިސާ ދެއްކިކަމަށް ސައްހަނޫން ބެންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ