އިންޑިޔާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ ޝުކުރު އިންޑިޔާ ސަރުކާރަށް އަދާކޮށްފިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްއާރު އެމްގެ ރައީސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހާރްޝް ވަރްދަން ޝްރިންގްލާއާ ބައްދަލުކުރައްވައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުމުގެ މައްޗަށް އަލި އަޅުވާލައި މަޝްވަރާ ކުރައްވާފައިވެއެވެ. މިބައްދަލު ކުރެއްވުން އޮތީ ހެނދުނު ހޮޓެލް ޖެންގައެވެ. މިބައްދަލުވުމުގައި އެމްއާރުއެމްގެ އިސްބޭފުޅުންނާއި، އިންޑިޔާ ހައިކޮމިޝަންގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.
Indian FS @harshvshringla called on me today. We had a wide-ranging discussion on our excellent bilateral relations. Once again I reiterated my thanks to successive Indian governments for their outstanding support to Maldives for over many decades. @presidencymv @sunjaysudhir pic.twitter.com/auqaZChZmA
— Maumoon Abdul Gayoom (@maumoonagayoom) November 10, 2020
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޞާލިހު އާއިވެސް ބައްދަލު ކުރައްވާފައެވެ.
ރައީސް ޞަލިހު އާއިއެކު ބޭއްވުނު ބައްދަލުވުމުގައި ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެ ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައްވެސް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ