ރޯދައަށް ހަނދު ބެލުން މާދަމާރޭ

ރޯދައަށް ހަނދު ބެލުން މާދަމާރޭ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2022 02:34
0

މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮންނާނީ މާދަމާރޭކަމަށް އިސްލާމިކް މިނިސްޓްރީންް ވިދާޅުވެއްޖެއެވެ.

މި ޖަލްސާ އޮންނާނީ މާދަމާރޭ 20:30 ގައެވެ. މި އަހަރުގެ ޝައުބާން މަހުގެ 29 ވަނަދުވަހަކީ މާދަމާރެއެވެ. މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ މި ފެށޭ އޭޕްރިލް ދޭއްވާ ހޮނިހިރު ދުވަހެވެ.

އެހެން އަހަރަކުތަކެކޭވެސް އެއްގޮތަށް ހަނދު ސާބިތުކުރުމަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައިއެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގައެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެއެވެ. އަދި ހަނދު ފެނި ހެކިބަސް އަދާކުރަން ދާ މީހާގެ ޚަރަދުތައް ހަމަޖައްސަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.