އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި ކޮންމެ އެއްޗެއް އޮތަސް ހުޅުވީ، އިންޑިއާގެ މިލިޓަރީ ބޭސްއެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެހީގައި އިއްޔެ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި ގުޅޭގޮތުން އުމަރު ވިދާޅުވީ މި މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައިއެވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމުގައެވެ.
ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑު ތަށް ބޭނުން ކޮށްގެން ކަމަށާއި، މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެއްކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއްކަމަށެވެ.
އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއްނެތް.
– އުމަރު ވިދަޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަން އަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި ކަމުގައެވެ. މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާގެ އުޅަދު ތަކަށް ފާރަލުމާއެކު އިންޑިޔާކަޑުގެ މައްޗަށް ބާރުގަދަ ކުރުންކަމަށެވެ.
ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުންކަމަށާއި، އަދި އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުންކަަމށެވެ. އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތްކަމަށް އުމަރު ވިދާޅުވިއެވެ.
2 Responses
ސްރީ ބާސްމަތީ ރައީސް އިބޫ ސޯލިހް އިންނަވާނީ އިންޑިއާގެ އުނގުގަ ނޯންތޯ.
ސްރީ ބާސްމަތީ ރައީސް އިބޫ ސޯލިހް އަށް އިންނެވޭނީ އިންޑިއާގެ އުނގުގަ ނޫންތޯ.