ކޯވިޑް-19ގެ ބަލި ރާއްޖެއިން ފެނުމާއި ގުޅިގެން ދަރުބާރުގޭގައި ހިންގަމުންދިޔަ ކޯވިޑް މައިމަރުކަޒުގެ މަސައްކަތައް ހުއްޓާލުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފައިވަނީ ދަރުބާރުގޭގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށްފަހު، އެސެންޓަރު މާދަމާ ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެޗްޕީއޭއިން ވަނީ ކޯވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައިރުވެސް އަދި އޭގެ ފަހުން ދަރުބާރުގޭގައި ގާއިމްކޮށްފައިވާ މައި އިދަރާއިން މުހިންމު މައުލޫމާތުތަކެއް ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.
ކޯވިޑާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދު ކޮށް، އެކި މުއައްސަސާތަކުން ގުޅިގެން އެކުލަވާލި ޤައުމީ ޓާސްކްފޯސްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރުގޭގައެވެ.
COVID-19 Vaccination Centre at Dharubaaruge will be closed from thursday (24/3/2022).
— Health Protection Agency (@HPA_MV) March 22, 2022
ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު 2 އަހަރަށްފަހު މިމަހުގެ 13 ވަނަ ދުވަހު އުވާލާފައިވާކަމަށް ރައީސުލްމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކުގެ ޙާލަތު އެންމެފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ވަނަ ދުވަހުއެވެ.
ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް ތިބިއިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 ވަނީ ނިޔާވެފައެވެ.