ސްޕޯޓްސް އެވޯޑަކީ ބޮޑުވެގެންވާ އިސްރާފެއް: ޢަލީ ރަމީޒް

ސްޕޯޓްސް އެވޯޑަކީ ބޮޑުވެގެންވާ އިސްރާފެއް: ޢަލީ ރަމީޒް

Author
މުޙައްމަދު ޖިމީ
19 މާރޗް 2022 10:27
0

ދައުލަތުން ބޮޑު ޚަރަދެއްކޮށްގެން ބޭއްްވި ސްޕޯޓްސް އެވޯޑަކީ ބޮޑުވެގެންވާ އިސްރާފެއްކަމަށްދީނީ ކަންކަމަށް މަޝްހޫރު ދީނީ ޖަމިއްޔާ ޖަމިއްޔަތު ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ އަގުވަޒަންކޮށް ހުރިހާ ކުޅިވަރަކަށް އަމާޒުކޮށް ސަރުކާރުން ބޭއްވި އެވޯޑަށް ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ބުނެ އެތައް ބައެއްގެ ފަޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. ޢަލީ ރަމީޒް ވިދާޅުވީ ކޯވީޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިނުގަނެވި އޮއްވާ އަދި މުޅި ދުނިޔެއަށް އަސަރުކުރާވަރުގެ ހަނގުރާމައެއް ކުރަމުންދާ މި ނާޒުކު ދަނޑިވަޅުގައި މިފަދަ ބޭކާރު ޚަރަދެއްކުރަން ހެޔޮނުވާނެކަމަށެވެ. ޢަލީ ރަމިޒް ސިފަކުރެއްވި ހޮތުގައި އެއީ ބޮޑުވެގެންވާ ބޭކާރު އިސްރާފެކެވެ.

ޢަލީ ރަމީޒްގެ މި ވާހަކަތަކަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ ރައްދު ދެއްވާފައެވެ. މިނިސްޓަރ ވަނީ އެވޮޑް ނައިޓަށް 30 މިލިއަން ޚަރަދުވިކަމަށް ބުނާ ވާހަކައިގެ ތެދުގޮދު ބެއްލެވުމަށް ގޮވާލައްވާފައެވެ. މިނިސްޓަރގެ މި ވާހަކަފުޅާއި ގުޅޭގޮތުން ބައެއް މީހުން ވަނީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއްކަމަށްވެސް ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެނެސްގެން ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭއްވި އެވޯޑު އިންސާފުވެރި ނޫންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި އެވޯޑަށް ރާއްޖެއިން ބޭރުގެ ކުޅިވަރުގެ މަޝްހޫރު އެތައް ބަޔަކު މި އެވޯޑަށް ޚާއްޞަކޮށްގެން ވަނީ ރާއްޖެ ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަލްގަޑް
ދެވަނަ އަދީބު މި މަހޭ އަކީ. ސިސްޓަމެޓިކް ސެލް ޕްރޮމޯޓް ކުރުން. ވަގު ކަލޭގެ. މީނާގެ ފެންވަރު މިއެނގުނީ ހުދުވައު ވަގު ކަލޭގެ. ދައުވާ ކުރުމުން މަގާމު ދޫކޮށްލާނަމޭ ބުނި ކަލޭގެ.