އަނގޮޅިތީމު ބަނދަރު ނިމުމަކާއި ގާތަށް

އަނގޮޅިތީމު ބަނދަރު ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޖިމީ
17 މާރޗް 2022 10:09
0

ރ.އަނގޮޅިތީމުގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނީ ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ސާޅީސް ދެހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ހިއްކުމާއި، ދުއިސައްތަ އެކާވީސް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނުވަދިހަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަސައްކަތްތަކުގެ އިތުރުން އެއްހާސް އެއްސަތޭކަ ދިހަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަސްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 44.31 މިލިއަން ރުފިޔާއަށް މިމަހުގެ 08 ވަނަ ދުވަހުއެވެ. މި ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ބަނދަރުތައް ތަރައްޤީ ކުރަމުންނެވެ. މިހާރު ހަދަމުންދާ ގިނަ ބަނދަރުތައް އަންނަ އަހަރު ހުޅުވޭނެކަަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.