ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަ ދަން ނުޖެހޭގޮތަށް ނިންމައިފިއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ދިވެހިރާއްޖޭގައި ކޯވިޑު-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
ކޯވިޑާއި ގުޅިގެން ޕީ.ސީ.އާރ އަދި ކަރަންޓީނާއި ގުޅޭ ލުއިތައް:
– ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަ ދަން ނުޖެހުން.
– ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް) ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހާދެމެދު ކޯވިޑް- 19 އަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ރާއްޖޭން ބޭރުން އަންނަ ފަރާތްތަކު ގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެއެވެ.
– ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޯވިޑު -19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް (ވެކްސިންގ ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހުން.
ތަފްސީލް އަންނަނީ..