ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަހުރިން: އަލީ ވަހީދު

ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަހުރިން: އަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2022 07:32
0

ރެޑްނޯޓިސް އިންޓަޕޯލްގެ ވެބްސައިޓަށް ލާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާއަށްކަމަށް ވިދާޅުވެ މިިދިޔަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެ ވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތަ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވަފައެވެ.

ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލ އޮފީހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އިންޓަޕޯލްގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.

މިކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ ވެބްސައިޓަށް ނޯޓިސް ލާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.

ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަހުރިން. އަދި ޕީޖީޝަމީމް އެކްސްޓްރެޑިޝަނަށް ލަންޑަނުގެ ކޯޓަށް ވަޑައިގަންނަވާނެ ވަގުތަކަށް ކެތްމަދުވެފަ އެބަހުރިން. “15 އަންހެނުން” 13 ފިރިހެނުންނަށާއި އެމީހުންއަޅާ 2 ބެލްޓަށްވާތަން ދުނިޔެއަށް ހާމަވާނެ! ކާމިޔާބުވަނީ ކައިރީގަ.

– އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމާއި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކުރިއެވެ.

އަލީ ވަހީދިގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 20 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.