ވައްޑެ އައްޑޫ މޭޔަރަށް: ކުދިރުއް ހައްދައިގެން ރުއްތައް ބަދަލުކުރުން މާ ބުއްދިވެރި!

ވައްޑެ އައްޑޫ މޭޔަރަށް: ކުދިރުއް ހައްދައިގެން ރުއްތައް ބަދަލުކުރުން މާ ބުއްދިވެރި!

Author
މުޙައްމަދު ޖިމީ
13 މާރޗް 2022 11:55
0

ދުވަސްވީ ރުއްތައް ބަދަލުކުރާނަމަ ރުށް ހައްދައިގެން ރުއް ބަދަލުކުރުން މަޑުޖައްސާލުން މަ ބުއްދިވެރިވާނެކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އައްޑޫ މޭޔަރު ޢަލީ ނިޒާރަށް ރައްދު ދެއްވައިފިއެވެ.

އައްޑޫ ސިޓީ ލިންކު ރޯޑްގައި ހުރި ރުއްތައް ކެނޑުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އައްޑޫ މޭޔަރަށް އަމާޒުވެފައެވެ. މޭޔަރު ވިދާޅުވީ ރުއް ކެނޑިޔަސް އާންމުން ރުޅި އަންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

މިކަމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ދުވަސްވީ ރުއްތައް ބަދަލުކުރާނަމަ، ނާސަރީ ހަދައިގެން ކުދި ރުއް ހައްދައިގެން ރުއްތައް ބަދަލުކުރުން މަޑުޖައްސާލުން މާބުއްދިވެރިކަމަށެވެ.

ފުރަތަމަ އިންދަންވީއެވެ. ކަނޑަންވީކީ ނޫނެވެ.

– މުޙައްމަދު ވަޙީދު (ވައްޑެ)

އައްޑޫ ލިންކް ރޯޑުގައި ހުރި ރުށްތަކަކީ ވަރަށް ދުވަސްވީ އަދި އައްޑީގެ ރަމްޒެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ލިންކް ރޯޑަށް ފުރިހަމަކަން ގެނެސްދީ ރީތިކަން އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި އައްޑޫ ރައްޔިތުން ސިފަކުރެއެވެ.

މި ރުށްތައް ކެޑުމާއެކު އެކަމާއި ހިތާމަކޮށް އެކަން ހިނގިގޮތް ކިޔއިަދިނުމަށް އެދި ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.

އައްޑޫ ލިންކު ރޯޑުގައި ހުރި ރުށްތައް ކެނޑި ސަބަބާއި ގުޅޭގޮތުން އައްޑޫ މޭޔަރު ވިދާޅުވީ، ލިންކު ރޯޑުގައި ހުރި ރުއްތަކެއް ކަނޑާލީ އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި، އެއްގަމު އުޅަނދުތަކަށް ކުނި އެޅޭތީކަމަށެވެ. އެ ރުށްތަކުގެ ސަބަބުން އުނދަގޫވެގެން ވަރަށް ގިނަ ޝަކުވާ ލިބޭކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ލިންކް ރޯޑުް 50 ރުށް ވަނީ ކަނޑާފައެވެ.

އައްޑޫ ސިޓި ކައުންސިލުން ވަނީ ލިންކު ރޯޑުގައި އިތުރު ރުށް އިންދާނެކަމަށް ބުނެފައެވެ. މިގޮތުން  100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޑޫ ދަރި
މި އީ ފަހުޒަނާނުގެ އަލާމާތް ، ކަންކަމައް ގާބިލުނުން މޮޔައިން ނާ މިވަރުގެ ކަންކަން ހަވާލުކުރުމުން ވާނެ ހަތެރެތި މިވަނީ، މީނަޔައް ކިހިނެތް މިވަރުގެ ކަމެއް ނިންމޭނީ ، މުޅި އައްޑޫ ރައްޔިތުން ކައިރިން އަހަންޖެހޭނެ، މިކަލޭގެ އެމީހުންގެ މުދަލައް މިގޮތައް އރައިނުގަނެ، މުޅި އައްޑޫ ސުންނާފަތިކުރަނީ، ރޯނުއެދުރު މޮޔަރު