ޓެކްސީ ޑްރައިވަރުން ޢަމަލުކުރަނީ ރަނގަޅަކަށް ނޫން: މޫސަ

ޓެކްސީ ޑްރައިވަރުން ޢަމަލުކުރަނީ ރަނގަޅަކަށް ނޫން: މޫސަ

Author
މުޙައްމަދު ޖިމީ
11 މާރޗް 2022 09:06
0

ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރާގޮތް ރަނގަޅު ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ފާޑުވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލުގެ އަގު އެއުފުލެން ފެށުމުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ޓެކްސީ ޚިދުމަތަށް މިހާރު ނަގާ އަގު ބޮޑުކުރުމަށް ގޮވާލާ ސަރުކާރަށް ޑިމާންޑްކުރުމަށް ޓެކްސީ ޑްރައިވަރުން ދަނީ އިހްތިޖާޖުކުރަމުންނެވެ.

މިކަމާއި ގުޅިގެން މޫސަ ވިދާޅުވި، ޚިދުމަތް ދިނުމުގައި ޓެކްސީ ޑްރައިވަރުން އަމަލްކުރާގޮތް ރަނގަޅެއްނޫންކަމަށެވެ. ތެލުގެ އަގުބޮޑުވިޔަސް އަދި ކުޑަވިޔަސް ޓެކްސީގަ ދަތުރުުކުރަނީ ވަޒީރެއް ނޫންކަމަށް ވިދަޅުވެ މޫސަ ވަނީ ޚިދުމަތް ހުއްޓާނުލުމަށް ގޮވާލައްވާފައެވެ.

ޓެކްސީއަށް އަރާމީހާގާތު ދަތުރު ކުރެވޭނެ އަގު ބުނީމަ އޭނަޤަބޫލުވީމަ ޚިދުމަތް ދެއްވުން ރަގަޅީ.

– މޫސާ މަނިކު

ދުނިޔޭގެ ބާޒާރުގައި ޑިމާންޑާއި އެއްވަރަށް ތެޔޮ ނުލިބުމާއި، ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ރަޝިޔާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ އަގު ހިފެހެއްޓުމެއްނެތި ދަނީ އުފުލެމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80 ރުފިޔާއަށެވެ.

ޓެކްސީ ސެންޓަރުތަކާއި، ޑްރައިވަރުން މުޒާހަރާ ކުރަމުންދާއިރު ޓްރާސްޕޯޓް މިނިސްޓްރީން މިހަފްތާގައި ބުނެފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، މިހަފްތާގެ ކުރީކޮޅުން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް އުފުލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
އެމީހުންނާދޭތެރޭ ކަންކުރަނީ ވަކިރަނގަޅަށްތަ. އަބަދު ފަތިސްދަން ނުފިލާތިބޭ ބުރާންތިންގެ ލޮލުން ފެންނަ މަންޒަރު ފުސްވާނެ. ރުހޭބަސް ވިއްކައިގެން މަންފާނަގާ ކާމްޗޯރުން އަބަދުވެސްބަލާނީ ކޮންމެވެސް އެއްޗެއް ބުނެގެން ދިމާލަކުން އެއްޗެއް ދަމައިގަނެވޭތޯ. ވަށްސަލާން.
އ އިބްރާހިމް
އެންމެ ރަނގަޅު ދުނިޔޭގެ ބާޒާރުގަ ތެޔޮ އަގުބޮޱު ވީމަ ޓެކްސީ ދަތުރު އަގުބޮޱު ކުރަން މަވެސް އެބަސް: އެކަމް ދުނިޔޭގެ ބާޒާރުގަ ތެޔޮ އަގު ހެޔޮވީމަ ކީވެބާ ޓެކްސީ ޱުރައިވަރުން ނިކުމެ މުޒާހަރާނުކުރަނީ : ހަމަ ސަރުކާރުންވެސް ޖެހޭ ދޯ ރައްޔިތުންނައް ހެޔޮއެދިގެ ދަތުރުތައް އަގުހެޔޮކުރަން ވިޔަފާރިވެރިން ވެސް ހަމަ ކިންތައް ކުރަނީ އެހެން ހަމަ ތެޔޮ އަގުބޮޱު ވެއްޖެ އޭ ބުނާ އިރައް ވިއްކާ މުދާ އަގުބޮޱުކުރާނެ އެކަމް ދުނިޔޭގެ ބާޒާރުން ތެޔޮ އަގު ހެޔޮވީމަ ::::: ކަހާބިހި ހިރުވާވެސްނުލާނެ :::::::::މިޔައް ކިޔަނީ އަމިލަ އެދުން އާމު ނިކަމެތި މީހުން ހަނާކުރުން:::::::::: ހިންގާ ޱުރާވަރުންތޯގިނަވާނީ (އަގުބޮޱުކުރަން ނުވަތަ އަގު ހެޔޮކުރަން) ނޫނިއްޔާ އާމު ރަތްޔިތުންތޯގިނަ ވަާނީ މުޒާހިރާކުރަން ނިކުތިއްޔާ މީ ވަރައްވާހަކަ::::::ސްކުރިއްޔާ