މަކަރާއި ހީލަތުގެ ވަރުގަދަ މައްސަލައެއްގެ ތުހުމަތުން ސަލާމަތްނުވެ ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ހައްޔަރުކުރަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން އެކަމަށް ސޮނާކްޝީ ރައްދު ދީފިއެވެ.
ސޮނާކްޝީގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކޮށްފައިވަނީ އިންޑިއާގެ ދިއްލީގައި ބޭއްވި ހަފްލާއެއްގެ ޝަރަފްވެރި މެހުމާނަކަށް ހަމަޖައްސައި، 3.7 ކަރޯޑް ރުޕީސް ދީފައިވަނިކޮށް އެ ހަފްލާގައި ބައިވެރި ނުވުމުންނެވެ. އެހަފްލާގައި ސޮނާކްޝިީ ބައިވެރި ނުވުމުން އެ ފައިސާ އަނބުރާ ހޯދަން އެދުމުން، ސޮނާކްޝީގެ މެނޭޖަރު އެ ފައިސާ ދޭން ދެކޮޅު ހަދާފައި ވާކަމަށް މައްސަލަ ޖެއްސިފަރާތުން ބުނެއެވެ. މި ކަމެއް ހިނގައިފައި ވަނީ 2018 ވަނަ އަހަރުގައެވެ.
މި ޚަބަރު ފެތުރުމާއި އެކު ސޮނާކްޝި ވަނީ ސޯޝަލް މީޑީއާގައި އެއީ ދޮގު ޚަބަރެއް ކަމަށް ބުނެ އޭނާގެ ފަރާތުން ސްޓޭޓްމެންޓެއް ނެރެފައެވެ. ސޮނާކްޝީ ބުނެފައިވަނީ އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށާއި އެ ހަދަނީ ހުސް ދޮގު މަކަށެވެ. ސޮނާކްޝީ ބުނެފައިވަނީ އެކަން ކުރަމުން އަންނަ މީހުން އެކަން ކުރަނީ އެތައް އަހަރެއްގެ މަސައްކަތުން އޭނާ ހޯދާފައިވާ ރީތި ނަން ހުތުރު ކުރުމަށް ކަމަށެވެ. އަދި ތުހުމަތު ތަކަށް އޭނާ ވަނީ އިންކާރު ކޮށްފައިއެވެ.
ސޮނާކްޝި އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަލްމާން ޚާންގެ "ދަބަންގް ޓުއާ" ގައި ދުބާއީ އިންނެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިގެންދިޔައީ މިދިއަ އަހަރު ރިލިޒް ކުރި ފިލްމު "ބުޖް" އިން އަޖޭ ދޭވްގަންއާ އެކުގައެވެ.