ތިން ބައި-އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ތިން ބައި-އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2022 10:51
0

މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާއިވާ، ތިން ރަށެއްގެ ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބު ބޭއްވުމަށާއި، ފ. ނިލަންދޫ އާއި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށެވެ. މިއިންތިޚާބުތައް މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ވަނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރަށަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ((VR space ID-Number Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ކުރެންދޫ ކައުންސިލް ރައީސްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމުން ވާދަކުރެއެވެ. ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 4 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން، އަމިއްލަ ކެނޑިޑޭޓެކެވެ. ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ކެނޑިޑޭޓަކު ވާދަ ކުރެއެވެ. މިއިންތިޚާބުގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ އިތުރުން، އަމިއްލަ ގޮތުން ވާދަ ކުރާ 3 ކެނޑިޑޭޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.