ބީއެމްއެލްގެ ކާޑުތައް ރަޝިއާގައި ބޭނުން ނުކުރެވޭނެ

ބީއެމްއެލްގެ ކާޑުތައް ރަޝިއާގައި ބޭނުން ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2022 09:26
0

ރަޝިޔާ އާއި ޔޫކުރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިވަނީ ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށްވެސް އޭގެ އަސަރުކޮށްފައެވެ.

ގައުމުތަކުން އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮަތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ކާޑު ނެޓްވޯކު ތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުންނާއި، ރެގިއުލޭޓްކުރާ އިދާރާތަކާއި، ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ އިތުރުން ފިޔަވަޅު އަޅާފައިވާ އެހެނިހެން ސަރަހައްދުތަކުގައި ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުތައް ކަސްޓަމަރުންނަށް ބޭނުން ނުކުރެވޭނެއެވެ. މީގެ އިތުރުން މިފަދަ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުގެ މަރޗަންޓުންނަށް ފައިސާ ނުލިބޭނެއެވެ.

ކާޑުގެ މުއާމަލާތްތަކާއި މަރޗަންޓް ހިދުމަތްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ހިދުމަތަށްވެސް މިވަނީ މި ފިޔަވަޅުތަކާއެކު އަސަރުކޮށްފައެވެ. މިގޮތުން ރަޝިއާގެ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައިވެސް އިތުރު ވަގުތު ހޭދަވުން ނުވަތަ ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.