ކޮންސްޓަކްޝަންގެ ދާއިރާއަކީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށްފަހު ރައްޖޭގައި އޮތް ތިންވަނައަށް އެންމެ ބޮޑު ސިނާއަތެވެ. ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި މި ސިނާއަތުން %7.9 ހިއްސާ ކުރަމުންދާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފާހަގަ ވެގެން ގޮސްފައިވަނީ، ފަހަކަށް އައިސް ދިވެހިންނަށްވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު މި ސިނާއަތުގެ ތެރެއިން ފަހިވަމުންދާ ސިނާއަތެއްގެ ގޮތުގައިވެސްމެއެވެ.
އަދި ވަކީން ޚާއްސަ ގޮތެއްގައި، ފާއިތުވެދިޔަ އަހަރު، ސަރުކާރުން ކަނޑައެޅުއްވި މިނިމަމް ވޭޖުގެ މިންގަޑުތަކާއެކު، އިމާރާތް ކުރުމުގެ ސިނާއަތުގައިވެސް ވަޒީފާ އަދާކޮށްގެން އިހުނަށްވުރެ ރަގަޅު އުޖޫރައެއް ލިބިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުމާއެކު, މި ސިނާއަތުގައި ވަޒީފާ އަދާ ކުރުމަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެންދާނެ ކަމުގައިވެސް އިގްތިސާދީ ތަޖުރިބާކާރުން ވަނީ ލަފާ ކޮށްފައެވެ.
އެހެންނަމަވެސް، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަކީ ފުޅާވެ، އަދި ކުރިއަރަމުން އަންނަ ސިނާއަތަކަށްވީ ނަމަވެސް، ދުނިޔެއަށާއި އަދި ރާއްޖެއަށްވެސް ކުރިމަތިވަމުންދާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކުގެ ކުރިމަތީގައި، އިނދަޖެހިގެންދިޔަ ނުދީ ހިފަހައްޓާލެވިފައިވަނީ، މިސިނާއަތުގައި މަސައްކަތްކުރާ މަދު ކުންފުނިތަކަކަން މިފުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ. މާނައަކީ، ރަގަޅު ފެންވަރުގެ ޚިދުމަތް އިތުބާރާ ޔަގީންކަމާއެކީ ފޯރުކޮށްދީ, ސިނާއަތުގައި މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ދެމި ތިބެވިފައިވަނީ މަދުއަދަދެއްގެ ކުންފުނިތަކަކަށެވެ.
މިމްސް ކޮންސްޓްރަކްޝަން ކުންފުނި : 17 އަހަރުގެ ދިގު ދަތުރެއް!
މިމްސް ކޮންސްޓަރަކްޝަންގެ ނަމުގައި، އިމާރާތްކުރުމުގެ ޚިދުމަތް ފޯރުކޮށްދިމުމަށް ކުންފުންޏެއް އުފެދިގެން އައީ، 2005ވަނަ އަހަރު އޮގަސްޓުމަހުގެ 17ވަނަ ދުވަހުއެވެ. ކުންފުންޏަކީ އާއިލީ ކުންފުންޏެއްގެ ގޮތުގައި އުފެދިގެން އައި ކުންފުންޏަކަށް ވިނަމަވެސް، މިމްސް ކޮންސްޓްރަކްޝަން ކުންފުނީގެ ބާނީ އަދި މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ ރާއްޖޭގެ ކޮންސްޓަރަންގެ ދާއިރާގެ ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.
ގދ. ތިނަދުއަށް އުފަން ސައުދުއްﷲ ހިލްމީއަކީ، ކޮންސްޓަރަކްގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރި ވަމުންދާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މިދާއިރާގެ ތަޖުރިބާކާރަކަށް ވިނަމަވެސް، އޭނާއަކީ ހިލޭ ސާބަހަށް އިޖުތިމާއީ ގިނަގުނަ ޚިދުމަތްތަކެއް މިއަދާއި ހަމައަށްވެސް އަދާކުރަވަމުން ގެންދަވާ ފަރާތެކެވެ.
މިގޮތުން ސައުދުﷲ ހިލްމީގެ އަމިއްލަ ޚަރަދުގައި ގުރުއާން ކުލާސްތަކެއް ހިންގަވަމުން ގެންދަވާތާ 20 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާއިރު، ސައުދުالله ހިލްމީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހިނގަމުން އަންނަ، ރާއްޖޭގެ މަޝްހޫރު ކޮންސްޓަރަކްޝަން ކުންފުންނި, ސުވިފްޓް އިންޖިނިއަރިންއަށް 2010ވަނަ އަހަރުވަނީ ހިއްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.
1989ވަނަ އަހަރުން ފެށިގެން ކޮންސްޓަރަކްޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުން ވަޑައިގަންނަވާ ސައުދުالله ހިލްމީގެ މިމްސް ކޮންސްޓަރަކްޝަން ކުންފުނި އުފައްދާފައިވަނީ އަނބިކަބަލުންނާއި ދެދަރިންގެ ހިއްސާ މިކުންފުނީގެ ޝެއަރ ހޯލްޑަރުންގެ ގޮތުގައި ހިމަނުއްވައިގެންނެވެ. މިގޮތުން، ޝެއަރ ކެޕިޓަލްގެ ގޮތުގައި 250 ޝެއާއާއި އެކު ސައުދުالله ހިލްމީ މިމްސް ކޮންސްޓަކްޝަން ކުންފުނި އުފައްދާފައިވަނީ 250،000 ރުފިޔާގެ ކެޕިޓަލްއަކާ އެކީއެވެ. އަދި އެއަށްފަހު ފާއިތުވެދިޔަ 17 އަހަރުގެ މުއްދަތުގައި ކުންފުނި ހިންގެވުމުގައި އެންމެ މުހިންމު އަމާޒަކަށް ސައުދުالله ހިލްމީ ހައްދަވާފައިވަނީ، ފަންނީ ގާބިލް ޓީމަކާއެކީ، ކުންފުނިން ހިންގާ ވިޔާފާރި ފުޅާ ކުރައްވަމުން ގެއްދެވުމެވެ.
މިގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯރޑު މެމްބަރެއްގެ ހައިސިއްޔަތުން، އިމާރާތްކުރުމުގެ ދާއިރާގައި މެނޭޖުމަންޓުގެ ދާއިރާއިން ލިބިލައްވާފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު މިމްސް ކޮންސްޓްރަކްޝަން ކުންފުނި ހިންގެވުމުގައި ސައުދުالله ހިލްމީ މައިގަޑު ގޮތެއްގައި އަދާކުރައްވަމުން ގެންދަވާފައިވާ ދައުރަކީ ނިންމަވަންޖެހޭ ސްޓަޓީޖިކް މުހިންމު ނިންމެވުންތައް ނިންމެވުމުގައި އޭނާ އަދާކުރައްވަމުން ގެންދަވާ ދައުރެވެ.
މިގޮތުން ކުންފުނި ހިންގުމުގައި ފަންނީ ތަޖުރިބާ ހުރި މުވައްޒަފުންގެ މައްޗަށް އެކުލެވޭ މެނޭޖްމަންޓެއް އޮތްއިރު، މި ކުންފުނީގައި މިހާރު ފަންނީ މުވައްޒިފުންގެ ގޮތުގައި 39 މުވައްޒަފުން ވަޒީފާ އަދާކުރަމުން ދެއެވެ. މީގެ ތެރޭގައި މެނޭޖްމަންޓުގެ ދާއިރާއިން ޕްރޮޖެކްޓް މެނޭޖަރުންނާއި އެކައުންޓެންޓުންގެ އިތުރުން ސިވިލް އިންޖިނޭރުން ކުންފުނީގައި މަސައްކަތް ކުރަމުންދާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލު!
މިމްސް ކޮންސްޓްރަކްޝަން ކުންފުނިން ގަބޫލު ކުރާގޮތުގައި ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒިފުންނެވެ. އަދި ކުންފުނިން ގަބޫލުކުރާ އެންމެ ބޮޑު އަސާސަކީ ކުންފުނީގެ ކޮންމެ މުވައްޒިފަކީވެސް، ކުންފުނި އުފެދި، ތަރައްގީވެ ކުރިއަރައިގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި ކުންފުނި ކުރި އެރުވުމުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުލާ ޒިންމާދާރު މުވައްޒިފަކަށް ވެގެން ދިއުމެވެ.
އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލްކަން ހުރި ޓީމެއް އެކުލަވާލާ، މަސައްކަތް ކުރުމަށް އެންމެ ފުރިހަމަ މާހައުލެއް ގާއިމްކޮށް، ނަތީޖާ ނެރުމަކީ މިމްސް ކޮންސްޓްރަކްޝަން ކުންފުނީގެ އެއް އަމާޒެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ގަބޫލުކުރާ ގޮތުގައި، ކުންފުންޏަށް ފައިދާ ހޯދާދީ، އަދި ހަމައެއާއެކު ކުންފުނީގެ އަސާސްތައް ދަމަހައްޓާ، ކުންފުނީގެ އަގު ހިފެހެއްޓުމަކީ ކޮންމެ މުވައްޒިފެއްގެވެސް އެންމެ ވަރުގަދަ ޒިންމާއެވެ.
ހަމަ އެއާއެކު, ކުންފުނީގެ މުވައްޒިފުންނަށް ހައްގުވާ އިނާޔަތާއި، މަގާމްގެ ކުރިއެރުމާއި އަދި އެނޫން ގޮތްގޮތުންވެސް މުވައްޒިފުންގެ ޚިދުމަތުގެ އަގު މިމްސް ކޮންސްޓަރަކްޝަން އިން އަބަދުވެސް އަންނަނީ ވަޒަންކުރަމުންނެވެ. މިގޮތުން, މިމްސް ކޮންސްޓްރަޝަން ކުންފުންޏަކީ ކުންފުނީގެ އެކި މަސައްކަތްތަކުގައި މިއަދު ޖުމްލަ 87 މުވައްޒުފުން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
ވިޔަފާރީގެ އަމާޒު
މިމްސް ކޮންސްޓްރަކްޝަން ކުންފުނީގެ 17 އަހަރުވީ ދިގު ތާރީޚުގައި ފާއިތުވި 6 އަހަރަކީ ވިޔަފާރީގެ ޚާއްސަ އަމާޒުތަކެއް އެކުލަވާލެވިގެން، މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކޮށްފައިވާ 6 އަހަރެވެ. މިގޮތުން، މި އަމާޒަށް ވާސިލްވުމުގެ ގޮތުން، ފާއިތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިފައިވާ އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކުގެ އަދަދުވަނީ ވަރަށް ބޮޑުތަނުން ފުޅާ ކުރެވިފައެވެ. އަދި މި ޕްރޮޖެކްޓްތައް ހިންގުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވަނީ، އެންމެ ރަގަޅު ފެންވަރުގައި, އިމާރާތްކުރުމުގެ ހައްލު, ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކަށް ޚާއްސަ ކުރެވިގެން އެފަރާތްކާ ހަމައަށް ފޯރު ކޮށްދިނުމެވެ.
މި އަމާޒަށް ވާސިލްވުމުގައި، މިމްސް ކޮންސްޓަރްކަޝަންއިން ގަބޫލުކުރާ ފިލޯސަފީއަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާ ދިނުމަށް އެހީތެރިވެދިނުމުގައި މެދުނުކެނޑި ކުންފުނި ދެމި އޮތުމެވެ.
"ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާ ދިނުމުގައި އެހީތެރިވެދިނުން"
އަދި މީގެ އިތުރުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަގު އަދާކުރެވޭނޭ މިންގަޑުން, ވާދަވެރި މާކެޓުގައި ޚިދުމަތުގެ އަގުތައް ހިފެހެއްޓުމުގެ އިތުރުން، މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައިވެސް، ޚިދުމަތް ލިބިގަންނަ ފަރާތްތަކާއެކީ ހަރުދަނާ ގުޅުމެއް ގާއިމްކޮށް، ޓީމުގެ ކޮންމެ މެމްބަރަކީވެސް ޚިދުމަތް ލިބިގަން ފަރާތުގެ ފުރިހަމަ އިތުބާރު ލިބިފައިވާ ފަރާތެއް ކަމުގައި ވެގެން ދިއުމަކީ، ކުންފުނީގެ އެންމެބޮޑު އުއްމީދެވެ.
ކާމިޔާބީއާއި އެހާރާއި މިހާރުގެ ޕްރޮޖެކްޓުތައް
މިމްސް ކޮންސްޓްރަކްޝަން ކުންފުންޏަކީ، ކޮންސްޓްރަކްޝަންގެ ދާއިރާއާއި ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށް ދެމުންދާ، ފާއިތުވެދިޔަ 17 އަހަރުގެ މާޒީގައި ކުންފުނިގެ ކާމިޔާބީ, ޚިދުމަތުން ސާބިތު ކޮށްފދީފައިވާ ކުންފުންޏެކެވެ.
މިގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްގީކޮށް، އިމާރާތްކުރުމާއި ގުޅުންހުރި ވަށައިޖެހޭ ހައްލު، ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މި ކުންފުންޏަކީ ކޮންސްޓްރަކްޝަން މެނޭޖްމަންޓުގެ ޚިދުމަތާއި، ޖެނެރަލް ކޮންޓްރެކްޓިންގއާއި، ޑިޒައިން ބިލްޑިންގއާއި، އަދި ޓާރން-ކީ ކޮންސްޓަރަކްޝަންގެ ހައްލު ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ.
މިގޮތުން ފާއިތުވި މުއްދަތުގައި 2006ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަކަށް މިމްސް ކޮންސްޓަރަކްޝަން ކުންފުނިންވަނީ ސަރުކާރާއި އަމިއްލަ ފަރާތަތަކުގެ އިމާރާތްކުރުމުގެ ޖުމްލަ 19 ޕްރޮޖެކްޓު ފުރިހަމަކޮށް ނިންމާފައެވެ. މިއީ ޖުމަލް 71 މިލިއަން ރުފިޔާގެ އަގުހުރި ޕްރެޖެކްޓު ތަކެކެވެ.
މި ޕްރޮޖެކްޓްތަކުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ 9 ޕްރޮޖެކްޓް ހިމެނޭއިރު، ސަރުކާރުގެ ކުންފުނިތަކާއި، އަދި ދައުލަތުގެ ވުޒާރާތަކާއެކީ ކޮންޓްރެކްޓް ކުރެވިގެން ކުރިޔަށް ގެންދެވިފައިވާ 10 ޕްރޮޖެކްޓް ހިމެނެއެވެ.
މި ޕްރޮޖެޓްތަކުގެ ތެރޭގައި, މިމްސް ކޮންސްޓްރަކްޝައިން އިމާރާތްކުރުމުގެ ޕްރޮޖެކްޓްތައް ފުރިހަމަ ކޮށްދީފައިވާ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި އެމްޑަބްލިއުއެސްސީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިމެނޭކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. ހަމައެއާއެކު، މިމްސް ކޮންސްޓްރަކްޝަން ކުންފުނިން، އެންމެ ފަހުގެ ރީތި ޑިޒައިންތަކަށް ބިނާ ކޮށްފައިވާ މިސްކިތްތައް ރާއްޖޭގެ އެކިރަށްތަކުގައި މިހާރު ބޭނުން ކުރެވެމުންދާކަމީވެސް މި ކުންފުނީގެ މަސައްކަތުގެ ފުރިހަމަކަމާއި، ކުންފުނީގެ ފަންނީ ގާބިލްކަން ވަރަށްވެސް ފުރިހަމައަށް ރަމްޒު ކޮށްދޭ އަލިގަދަ ދަލީލްތަކެކެވެ.
އަދި މީގެ އިތުރުން މިމްސް ކޮންސްޓްރަކްޝަންއިން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 49 މިލިއަން ރުފިޔާގެ 6 ޕްރޮޖެކްޓެއް ކުރިޔަށް ގެންދަމުންނެވެ. މީގެ ތެރޭގައި ސްކޫލް އިމާރާތްތަކާއި އަދި ދަައުލަތުގެ އެހެން ބައެއް މުވައްސަސާތަކަށް ބޭނުންވާ އިމާރާތްތައްވެސް ހިމެނެއެވެ.
ކުންފުނިން ގާއިމް ކޮށްފައިވާ އިތުބާރާއި، މުސްތަގުބަލް
ފާއިތުވެދިޔަ މުއްދަތުގައި މިމްސް ކޮންޓްރަކްޝަން ކުންފުނިން ހިންގާފައިވާ ހުރިހާ މަޝްރޫޢުތަކަކީވެސް، އިތުބާރާ ޔަގީންކަމާއި އެކީ، އެއްބަސްވުންތަކުގައި ކަނޑައެޅޭ ތާރީޚްތަކަށް ފުރިހަމަ ކޮށްދީފައިވާ މަޝްރޫޢުތަކެވެ. އަދި މި ލަނޑުދަނޑިތަކާއި ހަމައަށް ކުންފުންޏަށް ވާސިލްވެވިފައިވަނީ، ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކުންނާއި، އަދި ކުންފުނީގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ކުރެވިގެން ގޮސްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންވެސް މެއެވެ.
އަދި ހަމަ އެއާއެކު، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ، ގިނަގުނަ ޕްރޮޖެކްޓްތަކެއް މިމްސް ކޮންސްޓްރަކްޝަން ކުންފުނިން ފާއިތުވެދިޔަ ތަނުގައި ކުރިޔަށް ގެންގޮސްފައި ވާއިރު، މިޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ، މަސައްކަތުގެ މާހައުލު ފުރިހަމަޔަށް ދަސްވެ، ކުންފުންޏަކީ އިމާރާތްކުރުމުގެ ސިނާއަތަށް ލޯހުޅުވިފައިވާ ކުންފުންޏަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން މިކުންފުނިން ފާއިތުވެދިޔަ މާޒީގައި ކުރިޔަށް ގެންގޮސްފައިވާ މައިގަޑު 19 ޕްރޮޖެކްޓުގެ ތެރޭގައި ވިޔަފާރީގެ ބޭނުންތަކަށް ޚާއްސަކުރެވިގެން ޑިޒައިންކޮށް އިމާރާތްކުރެވުނު އިމާރާތްތަކާއި، ކުޅިވަރާބެހޭ އިމާރާތްތަކާއި، ސިއްޙީ ދާއިރާގެ އިމާރާތްތަކާއި، އިންޑަސްޓްރިއަލް ބޭނުންތަކާއި، ސްކޫލްތައްފަދަ ތައުލީމީ ދާއިރާގެ އިމާރާތްތަކުގެ އިތުރުން އެކި ރަށްރަށުގައި ބިނާކުރެވުނު މިސްކިތްތައްވެސް ހިމެނެއެވެ.
އެހެންކަމުން މިމްސް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖްމަންޓުން ދެކޭގޮތުގައި ކުންފުނީގެ ހަގީގީ ކާމިޔާބީއަކީ، ފާއިތުވެދިޔަ ތަނުގައި އެކުންފުނިން ދަމަހައްޓަމުން އައިސްފައިވާ، ކަސްޓަމަރުންގެ ހިންހަމަޖެހުމާއި އިތުބާރެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ފުރިހަމަކޮށް ނިންމާފައިވާ ކާމިޔާބު ޕްރޮޖެކްޓުތަކެވެ.
މިމްސް ކޮންސްޓްރަކްޝަން ކުންފުނިން ދެކޭގޮތުގައި, އިމާރާތް ކުރުމުގެ ފެންވަރަކީ، ކުންފުނީގެ މަސައްކަތުގެ އެންމެ މައިގަޑު އަސާސްއެވެ. އަދި ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި ބައްހައްޓާ ޔަގީންކަމުގެ އަސްލަކީވެސް މިއީއެވެ.
މިގޮތުން މިމްސް ކޮންސްޓަރަކްޝަން އިން މުސްތަގުބަލަށް ކުރާ އުއްމީދަކީ އަދި ކަނޑައަޅާ އަޒުމަކީ ފާއިތުވެދިޔަ މާޒީއެކޭ އެއްފަދައިން މި ކުންފުންޏަކީ ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ދާއިރާގެ އެންމެ މަތީ ފަންތީގައި އަބަދުވެސް ފިޔަޖަހަމުންދާ ކުންފުންޏެއްގެ ގޮތުގައި ދެމި އޮތުމެވެ.
5 Responses
Bkykmo cialis prescription https://oscialipop.com – viagra vs cialis Lcujsr Diseases of the Renal and Genitourinary System l StePuP to meDiCine buy real cialis online Comprar Cialis Tadalafil Mtcheh Kamagra Oral Jelly 10 Sachets https://oscialipop.com – buy cheap generic cialis online Uijqjp
สล็อตออนไลน์ ยอดฮิตกับ PGSLOT-TH.COM เว็บสล็อตน้องใหม่เว็บตรง แตกง่าย ปลอดภัย สะดวกเล่นได้ทุกที่ทุกเวลา ไม่ผ่านเอเยนต์ รวยทางลัดได้ง่ายๆ สนุกจนลืมเวลาก็ PG SLOT
สล็อตpg เว็บ ตรง สล็อตเว็บตรงเว็บหลัก พีจี พร้อมให้บริการ ทุกท่านแล้ว จัดเต็มทุกเกม แบบไม่มียั้งแจ็คพอตรัวๆแบบต้องร้องขอชีวิต ถ้าหากท่านกำลังหาเกมส์ สล็อตแตกง่ายที่สุด
เกม ค่าย pg slotเกม ค่าย pg slotเพียงตแตก รับโบนัสได้ตลอด pg slot มีแนวทางสอนการเล่นเกมสล็อตสำหรับมือใหม่
big pg slot สมาชิกใหม่ รับโดยทันที 50% ลงทะเบียนสมัครสมาชิกวันนี้ 1 USER เล่นได้ทุกสล็อต ผ่านระบบออโต้ พร้อมทั้งโปรโมชั่นมากมายก่ายกอง สมัคร pg slot เพียงแต่ไม่กี่ขั้นตอน