އަންނަ މަހުން ފެށިގެން "ބޯހިމެނުން 2022″ ލޯގޯ ބޭނުންކުރަން އަންގައިފި

އަންނަ މަހުން ފެށިގެން "ބޯހިމެނުން 2022″ ލޯގޯ ބޭނުންކުރަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 06:24
0

ބޯހިމެނުން 2022 ގައި ބޭނުންކުރެއްވުމަށް ތައްޔާރު ކުރައްވައިފައިވާ ލޯގޯ، އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި އަހަރަކީ، ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށް ވުމާއެކު، [ބޯހިމެނުން 2022] ގައި ބޭނުން ކުރެއްވުމަށް ތައްޔާރުކުރައްވައިފައިވާ ލޯގޯ، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އިދާރާތަކަށް އަންގަވާފައިވާކަމަށެވެ.

މިނިންމުމާއިއެކު ބޯހިމެނުން 2022 ގައި ބޭނުންކުރެއްވުމަށް ތައްޔާރުކުރައްވައިފައިވާ ލޯގޯ، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތަކުގައި ޖެއްސެވުމަށް ވަނީ އަންގަވާފައެވެ.

މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ލޯގޯ ޖައްސަވަމުން ގެންދެވުމަށް ވަނީ އަންގަވާފައެވެ.

ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނައިރު މިހާރު ވަނީ ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތްތައްވެސް ފަށާފައެވެ.

ބޯހިމެނުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރައްޔިތުންގެ ޢާއްމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރާއި ޢާމްދަނީ ބެހިގެންވާ ގޮތުގެ މަޢުލޫމާތު ޤައުމީ ފެންވަރުގައި އެއްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.