މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 އޮފިސަރަކަށް ޝަރަފުގެ ނިޝާން މިއަދު އަރުވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނަށް މި ނިޝާންތައް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ، ފުލުހުންގެ މުއައްސަސާއަށް ދިގު މުއްދަތަކަށް ކެތްތެރިކަމާއެކު ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލައްވައި، މުއައްސަސާގެ ކާމިޔާބީތައް އަންގަވައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުގެ ނިޝާން ލިބުނު 84 ފުލުހުންގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންގެ އިތުރުން ސީނިއަރ ސާޖަންޓުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ 34 ފުލުހުންނެވެ.
ކޮމެންޓު ފޮނުވާ