އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއް

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއް

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 11:30
0

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރީޝް ޝްރިންގްލާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ދިވެހި ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ފޮރިން ސެކްރެޓަރީއަށް ލިބިވަޑައިންނަވާނެއެވެ. އަދި ދިވެހި ފޮރިން މިނިސްޓަރ އާއިއެކު ދެގައުމު ގުޅިގެން ކުރެވޭ ހުރިހާ ބައިލެޓަރަލް މަސައްކަތްތަކަށް ނަޒަރުހިންގަވައިލައްވާ، ކެބިނެޓްގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

މިފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކްއަށް ބޭނުންވާ އިކުއިޕްމެންޓޤ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނަވާ، އަދި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ ތެރޭގައި ދިވެހިރާއްޖެއަށް ދެވިފައިވަނީ ވަރަށްވެސް ޚާއްސަ މަގާމެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާއި ހަވާޅުވެޑައިގަތުމަށްފަހު ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމަށް އައިސްފައިވާ އާރޯކަމާއި ކުރިއެރުމަކީ މިކަން ރަމްޒުކޮށްދޭ ހެއްކެކެވެ. އެގޮތުން 1.2 ބިލިއަން ޑޮލަރުގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ އެހީގައި އުމްރާނީ ތަރައްގީގެ ބޮޑު 8 މަޝްރޫއު ކުރިއަށް ގެނަދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޮވެމްބަރ 2018 ގެ ފަހުން އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓް ގްރާންޓްތަކާއި (50 މިލިއަން ޑޮލަރު) ޓީ-ބިލް ސަބްސްކްރިޕްޝަން (150 މިލިއަން ޑޮލަރު) އަދި ދެގައުމުގެ ސެންޓްރަލް ބޭންކްތައް މެދުވެރިކޮށް ކަރަންސީ ސްވެޕް އެގްރީމެންޓް (400 މިލިއަން ޑޮލަރު) ގެ ޒަރިއްޔާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ކުރިއަށް ގެންދިއުމަށްޓަކައި 13 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ފޯރުކޮށްދީފައެވެ.

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޑިއާއިން ވަނީ އެކިގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރު ގެ ވާޗުއަލް ބައްދަލުވުމުގައި އިއުލާނުކުރެވި، ބަގެޓް އަދި ރެވެނިއު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން އިންޑިއާއިން ފޯރުކޮށްދީފައިވާ ކޯވިޑް-19 އެސިސްޓެންސްގެ ތެރޭގައި ބޭސް ހަދިޔާ ކުރުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އިވޭކުއޭޓް ކޮށްދިނުމާއި، ޚާއްސަ ކޮވިޑް-19 ރިލީފް ޓީމެއް ރާއްޖެއަށް ދިސްޕެޗް ކުރުމާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި ޓެސްޓިން/އިމަޖްންސީ ބްރީދިން އިކުއިޕްމެންޓް އެކްސްޕޯޓް ކުރުން ރިސްޓްރިކްޓް ކުރެވިފައިވަނިކޮށް ރާއްޖެއަށް ޚާއްސަ އިނާޔަތެއްގެ ދަށުން އެކްސްޕޯޓް ކޮށްދިނުމާއި، ވިޔަފާރި ހީނަރުވެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވީނަމަވެސް ކާޑުގެ ބާވަތްތަކުގެ ސަޕްލައި ހުއްޓުމެއްނެތި ދަމަހައްޓައިދިނުމާއި، ބޯޑަރު ބަންދުކުރެވި، ދަތުރުފަތުރު ރިސްޓްރިކްޓް ކުރެވިފައިވަނިކޮށްވެސް ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދެވޭނެ ގޮތް (1050 ބަލިމީހުންނާއި އެހީތެރިންނަށް) ހަމަޖައްސައިދިނުން ހިމެނެއެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ބައިލެޓަރަލް ޕާޓްނަޝިޕް އަކީ ތާރީޚީ، ޑިމޮކްރެސީއާއި ރޫލް އޮފް ލޯ އަށް ދެގައުމުން ކުރާ ގަދަރު ރަމްޒުކޮށްދޭ ގުޅުމެކެވެ.ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ އިންޑިއާއިން ދިވެހިރާއްޖެއާއި އެކު އޮންނަ ގާތްގުޅުމަށް ދޭ އަހައްމިއްޔަތުގެ މުހިންމުކަން ސާބިތުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ސަބަބުން އިންޑިއާގެ ނެބަހުޑް ފަސްޓް ޕޮލިސީ އާއި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ ވަރުގަދަވެ، ދެ ގައުމުގެ މެދުގައިވާ އެއްބާރުލުމަށް އިތުރުފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ވަށައިގެންވާ ކަނޑުތަކުގެ ސަލާމަތާއި ހަމަޖެހުމަށާއި، ދެގައުމުގެ ކުރިއެރުމާއި ތަރައްގީ އަދި ތިޔާގިކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަވެގެންދާނެއެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށްދޭ އަހައްމިއްޔަތާއި ކޮމިޓްމެންޓް އިތުރުކޮށް ދެގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ފުންކޮށްދޭނެ ކަން ޔަގީންކަަން ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.