ޑިމާރިޔާގެ ދެލަނޑާއެކު ޕީއެސްޖީ އެއްވަނައިގަ ފަސްޕޮއިންޓްގެ ލީޑެއް

ޑިމާރިޔާގެ ދެލަނޑާއެކު ޕީއެސްޖީ އެއްވަނައިގަ ފަސްޕޮއިންޓްގެ ލީޑެއް

ގުޅުންހުރި

ފްރާންސް ލީގުގައި ރެނެސް 3-0 ލަނޑުން ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނައިގަ ފަސްޕޮއިންޓް ލީޑެއް ނަގައިފިއެވެ.

އަނިޔާގެ ސަބަބުން ނޭމާ އާއި ކައިލަން އެމްބާޕޭ ނުހިމަނާ ކުޅުނު މެޗުގައި ޕީއެސްޖީއަށް ލަނޑު ކާމިޔާބުކޮށްދިނީ މޮއިސް ކީން އާއި އެޖަލް ޑިމާރިޔާއެވެ. ޑިމާރިޔާ ވަނީ މެޗުގައި ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މިމެޗުގައި ޖެހި ދެލަނޑާއެކު އޭނާ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 86 ކަށް އަރާފައެވެ. މިމެޗުގައި ލަނޑުޖެހި ކީން ވަނީ އެންމެފަހުން ޕީއެސްޖީ ކުޅުނު ފަސްމަޗުގައި ވެސް ލަނޑުޖަހާފައެވެ. މެޗުގައި ޕީއެސްޖީގެ ތިލޯ ކެހްރެރް އާއި އިދުރީސާ ގުއޭއަށް ވަނީ އަނިޔާވެފައެވެ.

މި މޮޅާއެކު ލީގުގެ ފުރަތަމަ ދެމެޗުން ބަލިވި ޕީއެސްޖީ ކުޅުނު 10 މެޗުން 24 ޕޮއިންޓް ހޯދައިންގެން އޮތީ ތާވާލުގެ އެއްވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *