ކުރިއަށް 15 ދުވަސް ތެރޭގައި ހިޔާގެ ހުރިހާ މަގެއްގައި ތާރު އަޅާނިމޭނެ ކަމުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، އެސަރަހައްދުގެ މަގުތައް އެނމެ ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެކުންފުނިން ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އެޗްޑީސީން ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރެވެމުންދާ ވަރަށް ބަލާއިރު ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ހުރިހާ މަގެއްގައި ތާރު އެޅި އާންމުންނަށް ބޭނުން ކުރެވޭ ވަރުވާނެކަމަށެވެ.
ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭގޮތަށް މަގު ހުޅުވާލެވިގެންދާނެ.
– އެޗްޑީސީން ބުނެފައިވެއެވެ.
ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭގޮތަށް މަގު ހުޅުވާލެވިގެންދާނެ. pic.twitter.com/ex7BbAfnOw
— HDC (@hdcmaldives) February 21, 2022
ހިޔާ ފްލެޓް ސަރަހައްދުގައި އާންމުންނަށް ޒަރޫރީ ބޭނުންތަކަށާއި، ހިތްހަމަ ޖެއްސުމަށް ބޭނުންވާ ތަންތަނާއި ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ