ކޯވިޑަށް ފަރުވާދެމުންދިޔަ 80 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ ރޭ 12:15 ގައި ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ. މިމީހާއަކީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ މީހުންގެ އަދަދު ވަނީ 292 އަށް އަރާފައެވެ. މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑްގައި މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވީ އައްޑޫ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 90 އަހަރުގެ މީހެކެވެ.