ރައީސްގެ ހެޔޮ ދުޢާ ރާނީ އެލިޒަބެތަށް

ރައީސްގެ ހެޔޮ ދުޢާ ރާނީ އެލިޒަބެތަށް

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 08:43
0

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް-2 ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖްގައި ވަނީ ދިވެހިރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރާނީއަށް އަވަހަށް ޝިފާއަށް އެދިވަޑައިގެން ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބެތަށް ބަލިޖެހުނު ނަމަވެސް ޙާލުކޮޅު ރަނގަޅެވެ. އަދި ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި މަޤާމުގެ ބައެއް މަސްޢޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް ޝާހީ ގަނޑުވަރުންވަނީ ބުނެފައެވެ.

ރާނީ ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ، އިނގިރޭސިވިލާތުގައި އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ބޭފުޅަކަށް ރާނީ ވެވަޑައިތްތާ މަދު ހަފްތާތަކެއްގެ ތެރޭގައެވެ. ރާނީ ވަނީ އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް މި ފެބްރުއަރީމަހުގެ 6ވަނަ ދުވަހު ފާހަގަ ކުރައްވާފައެވެ.

ރާނީ ކޯވިޑްގެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ 2021ވަނަ އަހަރުގެ ޖެނުއަރީމަހުގެ 9 ވަނަ ދުވަހުއެވެ. އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާރލްސްގެ އަނބި ކަނބަލުން، ޑަޗެސް އޮފް ކޯންވެލް ވަނީ، ޗާރލްސް ޕޮޒިޓިވް ވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ޗާރލްސްގެ އަނބިކަނބަލުން ޑަޗެސް ކޯވިޑަށް ޕޮޒިޓިވް ވީ ފުރަތަމަ ފަހަރެވެ. އަދި ޗާރލްސް ކޯވިޑަށް ޕޮޒިޓިވް ވީ ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ހެޔޮ ދުޢާއެއްނަމަ، ރާނީއަށް ތެދުމަގު ދެއްކެވުމަށް އެދިވެސް ދުޢާކުރަންޖެހޭ. ޝިރުކުގެ މަގުގައި ނިމިގެން ގޮސްފިނަމަ ހިތާމައިގެ ކޮޅެއްވެސްނެތް. އިޚުލާޞްތެެރި ދުޢާއަކީ ﷲގެ މަގަށް މަގުދައްކަވާތޯ ކުރާ ދުޢާކަން ކަށަވަރު.
އ އިބްރާހިމް ފަޒީލް
އަލްހަމްދު ލިލާހް
އ އިބްރާހިމް ފަޒީލް
އައއަގފދގގފޖފދގގގ