އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފިއެވެ.
މެމްބަރު ނިހާދު، ފައްޔާޒަށް ތަޢުރީފް ކުރައްވާފައިވަނީ ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަ ކުރެއްވުމަށް މިނސިްޓަރ ފައްޔާޒު އިސްނަންގަވައިގެން ކުރައްވަމުންދާ މަސައްކަތާއި އަދި ވަޒީރު ކަމުގައި ރައްޔިތުންގެ ލާބަޔަށް ކުރައްވަމުންދަ މަސައްކަތައް ފާހަގަ ކުރައްވަމުންނެވެ.
ނިހާދު ވިދާޅުވީ، ފައްޔާޒުގެ ހިންގުންތެރި ކަމާއި، ގެންނަމުންދާ ހެޔޮ ބަދަލު ތަކުގެ ސަބަބުން، ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެމުންދާކަމަށެވެ. އަދި އެކަމުގެ ފޮނި ނަތީޖާ ލިބެމުންދާކަމަށް ނިހާދު ވިދާޅުވިއެވެ.
ޤައުމާއި ރައްޔިތުންގެ ހައްޤުގައި، ވަޒީރު ފައްޔާޒު ކުރެއްވި މަސައްކަތް އުލާއިއެކު ބަލައިގަންނަން ޖެހޭ! ސާބަސް ބަޒީރު. ވަޒީރުގެ ހިންގުންތެރި މަސައްކަތުން ގެނުވޭ ހެޔޮ ބަދަލުގެ ނަތީޖާ ދަނީ ފެންނަމުން! ކޯވިޑް ރިކަވަރީވެސް ހަމަ ހަބޭސް.
– ނިހާދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ފައްޔާޒަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެމްބަރުން ތާއީދު ކުރެއެވެ. ފައްޔާޒަށް އިންތިޚާބު ކާމިޔާބް ކޮށްދިނުމަށް، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ރައީސް ޞާލިހަށް ވަފާތެރި މެމްބަރުން ގެންދަނީ ފައްޔާޒު އިންތިޚާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއިންތިޚާބުގައި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ފަހަތުގައި އޮތީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާޓީމެވެ. މިއީޓީމުން ގެންދަނީ ވަރަށް ފާޅުގައި މިނިސްޓަރ ފައްޔާޒަށް ފާޑުވިދާޅުވެ، ވަޒީރުކަމުގައި ހުންނަވައިގެން ނުފޫޒާއި ބާރު ފޯރުވައިގެން ކަންކަން ކުރައްވާކަމަށްވެސް ތުހުމަތު ކުރަމުންނެވެ. އަދި ފައްޔާޒަކީ އެމްޑީޕީގެ ސިފަތައް ނެތް ވަޒީރެއްގެ ގޮތުގައިވެސް ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ