ފޫހިވެގެން ގާޑު އަގުބޮޑު ކުރެހުމެއްގައި ކުރަހައިފި

ފޫހިވެގެން ގާޑު އަގުބޮޑު ކުރެހުމެއްގައި ކުރަހައިފި

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2022 12:51
0

ރަޝިއާގެ އާޓް މިއުޒިއަމެއްގައި ހުރި އަގުބޮޑު ކުރެހުން ތަކެއްގައި ގަލަމަކުން ކުރައިގެން، އެތަނުގެ ސެކުރިޓީ ގާޑަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ރަޝިޔާގެ މަޝްހޫރު ކުރެހުންތެރިޔާ އަނާ ލެޕޯސްގަޔާގެ މި ކުރެހުމަކީ މިލިއަން ޑޮލަރުގެ ކުރެހުމެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި އަގުބޮޑު ކުރެހުމުގައި އޭނާވަނީ ގަލަމަކުން ކުރަހާފައެވެ.

އެލެކްޒެންޑާ ވަސިލިއޭވް ނަމަކަށް ކިޔާ 63 އަހަރުގެ މި ސެކިއުރިޓީ ގާޑު ވަނީ ކުރެހުމުގައި ހުރި މޫނުތަކުގައި ލޯ ކުރަހާފައެވެ. އަދި މިއީ އޭނާ ޑިއުޓީއަށް ނުކުތް ފުރަތަމަ ދުވަހު ކުރި ކަމެއް ކަމަށް ވެސް ވެއެވެ.

މި ކުރެހުން ތަކުގައި ލޯ ކުރެހީ އެތަނަށް ޒިޔާރަތް ކުރި ސްކޫލް ކުދިން ތަކެއް އެކަން ކުރަން ބުނުމުން ކަމަށް ވަސިލިއޭވް ވަނީ ބުނެފައެވެ. އަދި އެ ކުރެހުމަކީ އެކުދިން ކުރެހި ކުރެހުމެއް ކަމަށް އެކުދިން ބުނިކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.