ޔޫކްރެއިނަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ޔޫކްރެއިނަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 09:42
0

ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިނަށް ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.

ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާކަމަށާއި، އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ޔޫކްރެއިންގެ މަޝްރަހު ހޫނުވެ، ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާއިރު، އެޤައުމުގައި ހިނގާ ހަމަނުޖެހުން ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެޤައުމުތަކުގައިތިބި އެކި ޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމަތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުތަކުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.