ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އުފަންރަށް ހިންނަވަރު ހިމެނޭހެން، ޅ.އަތޮޅުގެ 6 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާއި ގުޅޭގޮތުން ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ފެބުރުވަރީ މަހުގެ 18 އިން 20 އަށް ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
– މަޑިވަރު
– ހިންނަވަރު
– ފެލިވަރު
– ނައިފަރު
– އޮޅުވެލިފުށި
– ކުރެންދޫ
ރައީސް ޞާލިހު ޅ.އަތޮޅަށް ދަތުރުފުޅެއް ކުރައްވާއިރު، އެމަނިކުފާނު މިވަތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އެކުރަށްތަކަށް ދަނީ ވަރަށް ގިނައިން ވަޑައިގެން ރައްޔިތުންގެ ހާލު އޮޅުންފިލުވަމުންނެވެ.
ކޮމެންޓު ފޮނުވާ