އިންޑިއާގެ ކަރްނާޓަކާގައި މުސްލިމު އަންހެން ކުދިން ބުރުގާ އަޅައިގެން ކޮލެޖަށް ދާތީ ހިންދޫދީނުގެ ކުރިންތަކެއްގެ ޖެއްސުން ބޮޑުވެ، އެކުދިން ބުރުގާ އަޅައިގެން ކޮލެޖަށް ދިއުން މަނާ ކުރުމާއި ގުޅިގެން އެމައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށް ބޮލީވުޑްގެ ބައެއް ތަރިން ވަނީ ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ތެދުވެފައެވެ.
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުމާއި ދެކޮޅު ހެދުމުން އެ ސްޓޭޓްގައި ވަނީ ހަޅުތާލު ކުރަން ފަށާފައެވެ. ބުރުގާ އަޅާ ގިނަ އަދަދެއްގެ އަންހެނުން ވަނީ މަގުތަކަށް ބޯޑުތަށް ހިފައިގެން ނުކުމެފައެވެ. ހަރުކަށި ފިކުރުގެ ހިންދޫދީންގެ މީހުންތަކެއް ބުރުގާ އަޅާ މީހުންނާ ދެކޮޅަށް ތެދުވުމާއި އެކު ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރާއި، ރިޗާ ޗައްޑާ މި ވަނީ ބުރުގާ އަޅާ އަންހެނުން ގެ ދިފާއުގައި ނުކުމެފައެވެ.
ސޯނަމް ވަނީ މިކަމާއި ގުޅިގެން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ހިއްސާކުރީ ބޮލުގައި ފަގުނޑިއެއް އަޅައިގެން ހުރި ސިކް ދީނުގެ މީހަކާއި ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ އެވެ. އަދި އެކަމާ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މި ފޮޓޯ އަންމު ކުރުމައި އެކު ވަނީ ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށްލާފައެވެ. ބޮލީވުޑްގެ އިތުރު ތަރިއެއް ކަމުގައިވާ ރިޗާ ޗައްޑާ ވެސް ވަނީ ބުރުގާގެ ދިފާއު ގައި ނުކުމެފައެވެ.
Raise your sons better! A bunch of ugly, cowards attacking a lone woman in a pack and feeling proud of it ? WHAT LOSERS! Shameful. They'll be jobless, more frustrated and penniless in a few years. What poor upbringing! No sympathy, no redemption for them. I spit on your kind. https://t.co/tvsdBwREZO
— RichaChadha (@RichaChadha) February 8, 2022
މީގެ އިތުރުން ވެސް ކުރީގެ ބަތަލާ އަދި އާލިއާ ބަޓްގެ ދައްތަ ޕޫޖާ ބަޓްވެސް ވަނީ ބުރުގާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ބުރުގާ އަޅައިގެން އުޅޭ މީހުންނާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ.
As always,it takes a pack of men to attempt to intimidate a woman. Such frightened,pathetic excuses for human beings. Brandishing their shawls as weapons,cloaking their weakness in cruelty. A sizeable section of a rudderless generation lost to hate. https://t.co/PtQJ9zxOIM
— Pooja Bhatt (@PoojaB1972) February 8, 2022