ފިޗުން ރާއްޖެއަށް "ސީސީސީ" ރޭޓިންއެއް ދިނުމުން، ލޯނު ނަގައިގެން ބްރިޖު އެޅުން ފަސްކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކްރެޑިޓް ޜޭޓިންގ ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ބީ މައިނަސް" އިން ވަނީ "ސީސީސީ" އަށް ދަށްކޮށްފައެވެ. މިއީ ރާއްޖޭގެ ދަރަނި ބޮޑުގެ އިޤްތިޞާދު ހީނަރުވެފައިވާތީ ފިޗުން ދީފައިވާކަމަށް ރޭޓިންއެކެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމާއި ގުޅިގެން މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއ، މަޖިލިސް މެންބަރުނ އަދި އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށާއި، މާލީ ވަޒީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ފިޗުގެ ރޭޓިންއާއި ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޗުގެ ރޭޓިންގެ ރިޕޯޓް ރަނގަޅުކުރެވޭނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އުފެއްދުންތެރިކަން ކުރިއަރުވާ، ދިވެހިންނަށް ވޒީފާގެ ފުރުޞަތު ހޯދައިދީގެންކަމަށެވެ،
ލިބޭ މިންވަރަކުން ފުއްދައިގެން ނޫޅޭނަމަ ދަރަނި ބޮޑުވާނެ! "ސީސީސީ" ރޭޓިން ލިބުނީމަ ލޯނު ނަގައިގެން ބްރިޖު އެޅުން ފަސްކުރަންޖެހޭ.
-މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާކަމަށް ބުނެ ފިޗުން އިއްޔެ އާންމުކުރި ކްރެޑިޓް ރޭޓިންގައި ރާއްޖެވަނީ "ބީ މައިނަސް" އިން "ސީސީސީ"އަށް ރޭޓިން ދަށްކޮށްފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިޞާދުއެތައް ގުނައެއް ދަށަށް ގޮސް، ދުނިޔޭގެ ނިސްބަތުންވެސް އިގްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިޗުން ބުނެފައިވެއެވެ.
ފިޗުގެ ރިޕޯޓް ބަލައިނުގަންނަނަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ