އިންޑިއާ ކަނޑުގެ ސަރަހައްދުން 763 ކިލޯގެ ޑްރަގް އަތުލައިގެންފި

އިންޑިއާ ކަނޑުގެ ސަރަހައްދުން 763 ކިލޯގެ ޑްރަގް އަތުލައިގެންފި

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 04:33
0

އިންޑިއާގެ ގުޖުރާތުގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 760 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާއި އިންޑިއަން ނޭވީ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މި މަސްތުވާތަކެތީގެ އަގު 266 މިލިއަން ޑޮލަރު ނުވަތަ 4 ބިލިއަށްވުރެ ގިނަ ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

އިންޑިއާގެ އެންސީބީން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި 763 ކިލޯ ހުރިކަމަށާއި، އޭގެ ތެރޭގައި 529 ކިލޯގެ ހަޝިޝްއާއި، 234 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިން ހިމެނޭކަމަށެވެ. އަދި މިތަކެއްޗަކީ ވަރަށް މަތީ ކޮލިޓީގެ ތަކެތިކަމަށްވެސް އިންޑިއާގެ އެންސީބީން ބުނެފައިވެއެވެ.

މިއީ އިންޑިއާ ކަނޑުގެ ސިފައިންނާއި އެންސީބީން ހިއްސާކުރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ހިންގި ބޮޑު އޮޕަރޭޝަނެއްކަމަށްވެސް އެންސީބީން ބުނެފައިވެއެވެ. މި މަސްތުވާތަކެތި ހުރި ބޯޓް މިހާރު ވަނީ އިންޑިއާގެ ގްޖުރާތު ބަނދަރަށް ގެންގޮސްފައެވެ.

މިއީ ކަނޑުމަގުން އިންޑިއާއަށާއި، އަވަށްޓެރި ބައެއް ޤައުމުތަކަށް މަސްތުވާތަކެތި ގެންގޮސް އޭގެ ވިޔަފާރތި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މީހުންނާ ދެކޮޅަށް ހިންގި ކާމިޔާބު އޮޕަރޭޝަނެއްކަމަށްވެސް އެންސީބީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާޗޫރު
ސާބަސް ތީގެއެތިކޮޅެއް ރާއްޖެއަށް އެތެރެވިޔަނުދޭތި ކޮންމެހެންވެސް