އައްޑޫ ސިޓީގެމޭޔަރު ޢަލީ ނިޒާރު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ނިޒާރު ވަނީ ކޯވިޑަށް ޕޮޒިޓިވްކަން ޓްވިޓާގައި ހާމަކުރައްވާފައެވެ. ނިޒާރު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެ ބަލީގެ ބައެއް އަލާމަތްތައްވެސް ފެންނަމުންދާކަމަށެވެ.
Tested positive for #COVID19. Feeling fine with minor symptoms. #besafe #WearMask #washyourhands
— Ali Nizar (@DhekunuNizar) February 12, 2022
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ހާހުން މަތީގައި ހުންނަތާ މަހެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ފާއިތުވި 24 ގަޑިއިރު ވަނީ 1000އިން ދަށަށް ކޭސްތައް ވެއްޓިފައެވެ.
މިހާރު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ މާލެ ސަރަހައްދަށްވުރެ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 986 މީހުންގެތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. 596 މީހުންވަނީ އަތޮޅުތަކުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން ޕޮޒިޓިވްވެފައިވަނީ 206 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން 109 މީހުންނާއި ސަފާރީތަކުން 3 މީހުނ ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 156903 އަށް އަރާފައެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުންދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 16227 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 49 މީހުންނަށެވެ.
ކޮމެންޓު ފޮނުވާ