ކަންގަނާ ހުށައަޅާ ޝޯ "ލޮކް އަޕް"ގެ ޓީޒާ ދައްކާލައިފި

ކަންގަނާ ހުށައަޅާ ޝޯ "ލޮކް އަޕް"ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
12 ފެބްރުއަރީ 2022 02:47
0

ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ހުށައަޅައިދޭ ރިއަލިޓީ ޝޯ "ލޮކް އަޕް"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ޓީޒާގައި ކަންގަނާ ބުނެފައިވަނީ މިއީ ރިއަލިޓީ ޝޯތަކުގެ ބައްޕަ ނުވަތަ އެންމެ ބޮޑު ޝޯ ކަމަށެވެ. އަދި މީގެ ކުރިން މިޝޯ ޕްރޮމޯޓް ކުރަމުން ބުނެފައިވަނި މިއީ މިފަދަ ގޮތަކަށް ރިއަލިޓީ ޝޯއެއް އިންޑިއާގައި ވެސް ގެނެސް ދޭ ފުރަތަމަ ފަހަރު ކަމަށެވެ.

މި ޝޯއަކީ އެކްތާ ކަޕޫރު ހަދާ ޝޯއެެކެވެ. އަދި މި ޝޯގެ ޕްރޮމޯޝަން މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

މި ޝޯ މިމަހުގެ 27 ވަނަ ދުވަހު އޯލްޓް ބަޖާޖް އަދި އެމް.އެކްސް ޕްލެއަރއިން ސްޓްރީމް ކުރެވޭނެއެވެ. އަދި ޝޯ ކުރިއަށް ދާވަގުތު ޝޯ ބަލާ ފަރާތްތަކާއި ޝޯގެ ބައިވެރިންނާ މުއާމަލާތު ކުރެވޭނެ ގޮތްތަކެއްވެސް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝޯގައި ފެނިގެންދާނެ 16 ބައިވެރިން ދާދި އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ،

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.