ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހަދަނީ

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހަދަނީ

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2022 02:31
0

ހުޅުމާލޭގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިއުލާންކޮށްފިއެވެ.

މި ޝެޑް  ހަދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައެވެ. އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސަރވިސް އޮޕަރޭޝަން ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ.

ޕެޓްރޯލް ޝެޑުު ހެދުމަށް ހުޅުވާލާފައި ވަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެޗްޑީސީން ބުނީ މި ޕެޓްރޯލް ޝެޑް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެކަމަށެވެ. ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 17 ގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިދިޔަ މަހު އިއުލާނުކޮށްފައިވެއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ވަގުތު ދެ ސަރަހައްދެއްގައި ޕެޑްރޯލް ޝެޑް ހިންގައެވެ. އެއީ އެފްއެސްއެމްއާއި ވިލާގެ ޕެޓްރޯލް ޝެޑްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.