ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތާރީޚެއް ކަނޑައެޅުމަށް އެމްޑީޕީގެ ކޮންގްރެސް މިއަހަރުގެ ޖޫނަ މަހުގެ ކުރިން ބޭއްވުމަށް ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށައެޅުއްވުމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
ރައީސް ނަޝީދު މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެޖެންޑާއަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި ލިޔުމުގައި ވަނީ، އެމްޑީޕީގެ ކޮންގްރެސްގެ ކަންކަން ނިމި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރިޔާސީ ޕްރައިމަރީ ބޭއްވުން ބުއްދިވެރިކަމަށެވެ. އަދި ނަޝީދު ހިއްސާކުރެއްވި ލިޔުމުގައި ގާނޫނުއަސާސީއަށް ގެންނަން މަޝްވަރާ ކުރަން ޖެހޭ ބަދަލުތައްވެސް ވަނީ ހިމަނުއްވާފައެވެ.
ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތައް:
1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.
3. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.
(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30% ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)
4. ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
5. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
6. ގާނޫނުއަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން
އަޅުގަނޑަށް ފެންނަ ގޮތުގައި ރިޔާސީ ޕްރައިމެރީ ބޭއްވުން ރަނގަޅު ވާނީ ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ބާއްވާ ކޮންގްރެސް އަދި އެ ކޮންގްރެސް ބުނާ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަވޯޓަށް ފަހު..
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވާގޮތުގައި 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ ސަބަބަކީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަކުރައްވަން ބޭނުންފުޅު ނުވުމެވެ. ދާދިފަހުން ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް %50 ވޯތް ހުރަކުރެވިފައި ނުވާތީ ރައީސް ނަޝީދު ވަނީ ދެން އެމްޑީޕީއަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ވެރިކަމުގެ ނިޒާމް ބަރުކަމާނީއަށް ބަދަލުކުރުންކަމަށް ވިދާޅުވެފައެވެ.
2 Responses
އެމްޑީޕީގެެ ބައެއްމީހުންނަކީި ހަމައެކަނިި ތިމަންނާއައްލިބޭއެއްޗެއްް ހޯދުމުގަަ ރެޔާއިދުވާލުު ކަންތައްބައްޓަންކުރަމުންގެންދާމީހުންް އެމީހުންގެެ ވިސްނުމުގަަ ގައުމެއްް ރައްޔިތުންނެއްް އެއްވެސްމުހިންމެއްނުވާނެެ ދެންވެސްބަލާނީި ހީލަތްތެރިކަމާއިއެކުު އެއުޅޭކުދިންކޮޅެއްް ގުނބޯހައްދައިގެންް ދެންތިބީންނައްް ޖެއްސުންކުރުމާއިި ފުރައްސާރަކުރުންް
ފާޅު ކުރާ ޚިޔާލު ދައްކަން ނުކެރުނީމާ ދެން ކޮނ ވާހަކައެއް