ލަތީފް ކޮލަމް: މުސްތަފާބެއާއި މޫސުމީ ހަދިޔާ ސިޓީއުރަ

ލަތީފް ކޮލަމް: މުސްތަފާބެއާއި މޫސުމީ ހަދިޔާ ސިޓީއުރަ

ގުޅުންހުރި

މުސްތަފާބެއަކީ އަބަދުވެސް އަމިއްލަ ދިރިއުޅުގައިވެސް އަދި ސިޔާސީ ކަންކަމުގައިވެސް ވަރަށް ތަފާތު ގޮތަކަށް ޢަމަލުކުރަންމުންދާ ބޭފުޅެއްނޫންތޯއެވެ. މުސްތަފާބެ ކަންކަން ނިންމުމުގައި ޢާންމު އުސޫލުތަކާ ޚިލާފަށް  އެތައް ގޮތަކަށް ކަންކުރައްވާ ވާހަކަ ޢާއްމުކޮށް މައިޒާންތަކާ، ޖަގަހަ ތަކާ ހޮޅުއަށިތަކުގައި ދައްކާނީ އެގޮތަށް އެކަން ހިނގާތީކަމަށް ރައްޔިތުންގެ ދަރުބާރުގައި ގަބޫލުކުރާނެތާއެވެ. ކުރުކޮށް ބުނާނަމަ  އޮޅުން ބޮޅުންގިނަ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ޚިޔާލުތަކާއި ވަރަށްދުރު އެހާމެ ބީރަށްޓެހި ގޮތަކަށް މުސްތަފާބޭ ކަންކުރާ ކަމަށް ދިވެހިރައްޔިތުން އަބަދުވެސް ދެކެއެވެ.

މުސްތަފާބެއަކީ ވަރަށް ރީތިކޮށް އަދި އެހާމެ އިޝްގީކޮށް އަދި ވަރަށް ޝާހީކޮށް އުޅެން ބޭނުންވާ ބޭފުޅެއްކަން ދެކޭ ދިވެހިންވެސް މަދެއްނޫނެވެ. ނަމަވެސް ބައެއް ކަންކަމުގައި މުސްތަފާބެއަށް އުޅުއްވެނީ ޖޯކަރެއްގެ ގޮތަށްކަމަށް މުސްތަފާބޭގެ އެންމެ ގާތުގައި އުޅޭމީހުންވެސް ބުނާތީ އަޑުއަހަމެވެ. މުސާރަ ނުވަތަ "ގޭޓް ފާސް" ނުލިބިދާނެތީ ފަހަރެއްގައި ތެދުބަހުން ވާހަކަދައްކަން އެމީހުންނަށް ދަތިވަނީއެވެ.

މުސްތަފާބެއަށް ދިވެހި ރައްޔިތުންކުރި އިތުބާރާއި ކުރަމުންދާ އިހްތިރާމާއި ލޯބި ގެއްލި މުސްތަފާބޭގެ އަސްލު ފެނިގެން މިދަނީ މިހާރު ހިގަމުން މިދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިންނޫންތޯއެވެ. ކޮމަންޑޫ ދާއިރާގެ ގޮޑިއަށް ވަކި ޕާޓީއެއްގެ މެމްބަރު ހޮވިގެންނޫނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތައް ހުއްޓި، ރައީސް ހިތުގަ ޖެހިއްޖެނަމަ، ގައުމުގެ މައްޗަށް ބޮޑު މުސީބާތެއް އަތުވެދާނެ ފަދަ މޭރުމަކުން ރައްޔިތުންގެ މެދުގައި މުސްތަފާބެ ވާހަކަ ދައްކައި، އުޞޫލީކަންކަން އޮޅުވާލަން މުސްތަފާބެ އުޅުއްވުމަކީ ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނޫންތޯއެވެ.

ކޮމަންޑޫ ދާއިރާއަށް މުސްތަފާބެ ވަޑައިގެން، ފަޅުރަށެއްގައި ބަނޑަހަ ޖަހައިގެން ތިޔަ އުޅުއްވާ ގޮތުން ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާ ގަދަރުވެރިކަން ގެއްލި، ރުޅިވެރިކަމަށް ބަދަލުވެގެންދާގޮތް ވެއްޖެ ނޫންތޯއެވެ. ރައްޔިތުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތު ވުންތައް އުފައްދަވަން ތިޔަކުރައްވަނީ މުޅިންވެސް ގޯސް މަސައްކަތެވެ. ރައްޔިތުންގެ މެދުގައި ހިތްނުތަނަވަސްކަން އުފައްދައި ނަފްރަތުގެ ހުޅު ރޯކޮށް، އެ ހުޅުގަނޑު ބޮޑުކުރަމުން ތިޔަގެންދަވަނީ މުސްތަފާބެއަށް ކޮން ވިސްނުމެއް، ކޮން ފިކުރެއް ކުއްލިގޮތަކަށް ވެރިވެގެންތޯއެވެ. އަނެއްކާ މިޗަރުކޭހުގެ ތެރެއިން ސަރުކާރުން ޗަލުވާލަން ތިޔަ އުޅުއްވަނީ ކޮން އެއްޗެއްތޯ، ނުވަތަ ކޮން ކަމެެއްތޯ އަހަރެންނަށް ހުންނަން މިޖެހެނީ ހިތާހިތާ ސުވާލު ކޮށްލަ ކޮށްލައެވެ.

މުސްތަފާބެއެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި މަޖިލިސްގެ ޖަލްސާތައް ކުރިއަށް ދިޔައިރުވެސް މުސްތަފާބެ މަޖިލިހަށް ވަޑައިނުގެން ދިގު މުއްދަތެއްގައި ހުންނެވުމުން ގިނަބައެއްގެ ފާޑުކިޔުން މުސްތަފާބެއަށް އަމާޒުވެގެން ނުދޭތޯއެވެ. މުސްތަފާބެ ބުނަމުން ގެންދަނީ މުސްތަފާބެއަކީ ހައިރިސްކު ބޭފުޅަކަށްވާތީ ގިނަބަޔަކު އެއްވެ އުޅޭ ތަންތަނަށް ދިއުން އެހާ ރަނގަޅުނޫން ކަމުގައެވެ. އެއީ 87 މެމްބަރުން ތިބޭ މަޖިލީހުގެ ތަޅުމަށް ވަޑައިނުގެން ހުންނަވައި މުސްތަފާބެ ދެއްކެވި އުޒުރުނޫންތޯއެވެ.

އެހެންނަމަވެސް މުސްތަފާބޭގެ ވިޔަފާރި ތަނަވަސް ކުރަން ސަރުކާރުގެ ކެންޑިޑޭޓް ހޮވުމަށް ކޮމަންޑޫ މަރޮށި، އަދި ފޯކައިދޫގެ ރައްޔިތުންގެ ގާތަށްގޮސް ޒުވާން ޖިންސުއްލަޠީފުންގެ އަތުން އެކިވަރުވަރުގެ އެކި ކުލަކުލައިގެ މާބޮޑިތައް އަތުލައި ވަށްމޭޒު ޖަލްސާތައް ބާއްވަމުން ތިޔަ ގެންދަވަނީ ކޮވިޑް 19 ރާއްޖެއިން ފިލައިގެން ދިޔަކައީކަމަށް މުސްތަފާބެއަށް ހީފުޅުވެގެން ތޯއެވެ. މި ދެން ތަންކޮޅެއް ބޮޑުވަރުނޫންތޯއެވެ. އެއްޗެއް ނުބުނެ ހުރެވޭތޯ ވަރަށް ކެތް ކޮށްފީމެވެ. މުޅި ސޯޝަލް މީޑިއާ ފުރާލާފައި އެއޮތީ، މުސްތަފާބޭގެ ތިޔަ އުޅުއްވަނީ ކޮން އެދުމެއް ހާސިލްނުވެގެންތޯ ސުވާލު އުފައްދާލަ އުފައްދާލައެވެ. މުސްތަފާބެގެ ފަރާތުން ރައްޔިތުންނަށް ކަމެއް ކޮށްދީފިނަމަ ކޮންމެވެސް ދުވަހަކުން އޭގެ ބަދަލު ހޯދަމުންދާކަމީ އިރު ހަނދު އޭގެ ބުރު ހަމަ ކުރަމުންދާ ފަދައިން އެގެން ހުރި، ނިމުމެއް ނުވާ ސިލްސިލާއެއް ނޫންތޯއެވެ.

މުސްތަފާބެއެވެ. މުސްތަފަބެއަކީ ގައުމުދެކެ ލޯބިވާ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެކޭ ކައިރީގައި ތިބި މުސާރަވެރިން ކިތައްމެ ވަރަކަށް ބުނަމުން ގެންދިޔަ ކަމުގައިވިޔަސް، މިއަދު ރައްޔިތުންނަށް އޭގެ ހަގީގަތް ސާފުވެއްޖެ ނޫންތޯއެވެ.

މުސްތަފާބެ އުޅުއްވަމުން ގެންދަވާ ގޮތުން، މުސްތަފާބެގެ ލޯތްބާއި، މުސްތަފާބެގެ އެބުނާ ކުލުނުވެރިކަން ހުރީ ހަމަ އެކަނި މުދަލައްތޯ ނުވަތަ ރައްޔިތުންނަށްތޯ މިއަދު އެތައްބަޔަކު މިވަނީ ސުވާލު އުފައްދަން ފަށާފައެވެ. މުސްތަފާބޭގެ އަންބޮޑި މިހާރުވެސް ކުޑައެއް ނޫނެއް ނޫންތޯއެވެ. ދެން ތިޔަ އުޅުއްވަނީ ކޮންކަމަކާ ހެދިތޯއެވެ. އަހަރަނެންނަށް މިހުންނަން ޖެހެނީ ހައިރާންވެ އަޖައިބު ވާވަރު ވެފައެވެ.

މުސްތަފާބެ ނިކަން ވިސްނަވާށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް "ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުން" ބަޔާންކޮށްފައި އޮންނަ އިރު މުސްތަފާބެ ތިޔަ ވިދާޅުވަނީ އާސަންދަ ޚިދުމަތާ އެންސްޕާގެ ޚިދުމަތް ދާއިރާގެ ރައްޔިތުންނަށް ދިނުމަށް ފަސޭހަވާނީ އެމްޑީޕީ މެމްބަރު މަޖިލީހަށް ހޮވައިގެން ކަމަށެވެ. މުސްތަފާބޭއަށް ތިޔެ ދެއްކެވުނީ ކިހާވަރެއްގެ ވާހަކައެއްކަން މުސްތަފާބޭއަށް އެގިލައްވާތޯއެވެ.

އެހެންނަމަވެސް، މުސްތަބޭ ބުނަން ހެއްޔެވެ. މުސްތަފާބެ ބޮޑަކަށް އިންނަވައިގެން އެކުލަވާލެއްވި ގާނޫނު އަސާސިގައި އަސާސީ ހައްގުތަކުގެ ވާހަކަ ލިޔެވި ބަޔާން ކުރެވިފައި އޮތީ މިއުސޫލުންތޯއެވެ. ރައްޔިތުންނަށް ގާނޫނު އަސާސީން ކަށްވަރު ކޮށްދިން އަސާސީ ހައްގުތައް މި ބީދައިން ވަކި މީހަކާ މަތި ކުރެވިދާނެތޯއެވެ. މުސްތަފާބޭއެވެ. މިއީ، ކޮން ކަހަލަ ދެއުޅިއެއްނުވާ ވާހަކައެއްތޯއެވެ.

ވަށިވައްޓަށާއި، ގޯނި ގޯންޏަށް އެތިކޮޅު އަޅައިގެން ހަގުބޭކަލުން ލައްވައި ރައްޔިތުން އަޅުވެތިކުރަން ހެޔޮވާނެތޯއެވެ. ރައީސް ހިތުގައި ޖައްސައިގެން ވާނެކަމެއް ނޯންނާއޭ ތިޔަ ބުނަނީ ދިވެހިރައްޔިތުން މިއިން ދުވަހަކުވެސް އިންތިޚާބަކާ ކުރިމަތި ނުލާނެ ކަމަށް ބަލައިގެންތޯއެވެ. ތިޔަ ނޫން ދުވަހެއް އެބައާދެއެވެ. ދުނިޔޭގައި ތިބި ބަޔަކަށް މުސްތަފާބެ އުޅޭގޮތްވެސް ފެންނާނެތާއެވެ. އެވާހަކަ ފަހަށް ބާއްވަމާ ހިގާށެވެ.

މުސްތަފާބޭމެން ތިޔަދެކެނީ، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއަކީ، ތިމާމެން ދެތިން މީހެއްގެ ތަރިކަމުދާ ކަމަށް ނޫންތޯއެވެ. ހަމަހިލާ އެހެނަކުން ނުވާނެކަން ރަނގަޅަށް މުސްތަފާބެ ދަންނަންވާނެއެވެ. ކުއްލިއަކަށް ދެކޮމަންޑޫ ދޭތެރެ ހިއްކަންވީއެވެ. ހަމަ ކުއްލިއަކަށް އެމްބިއުލާންސެއް ދޭންވީއެވެ. އޮޑިއެހެލާތަން ހަދަންވީއެވެ. ހަމަކުއްލިއަކަށް ފުޓްބޯޅަ ދަނޑު ހަދަންވީއެވެ. ބަލަ މުސްތަފާބޭގެ "ބޯގަޅި" ކަމާމެދު އަހަރެން މިހުންނަނީ ހައިރާން ވާހާވަރު ވެފައެވެ. ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގައި އެއްވެސް ޕްލޭނެއް މުސްތަފާބޭގެ ކޯލިޝަންގައި ނެތްކަން މިކަމުންވެސް ހާމަވެގެން ނުދޭތޯއެވެ.

މުސްތަފާބޭ އަމިއްލަ އެދުމުން ފޯވެގެން ހުންނަވާ ނަމަވެސް، ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ންޖެހޭ ވާހަކަ ދައްކަވާނީ ކޮން އިރަކުން ހެއްޔެވެ. ބަޖެޓަކާ ބަޖެޓެކެވެ. އޮތަސް ނެތަސް ވަރިހަމައޭ ބުނާ ކަހަލަނޫންތޯއެވެ. މިއޮށްފަދަ ޒަމާނުގައި ކަންކުރަން މިއީ ހެޔޮވާނެގޮތްތޯ ހިތަށް އަރައެވެ. އިކޮނިމިކް ކައުންސިލް މެމްބަރުން ކޮބައިތޯ މުސްތަފާބޭ އެންމެ ފަހަރަކު ނަމަވެސް ސުވާލު ކޮށްލަ ބަލާށެވެ. ވެގެން މިއުޅޭނީ ކިހިނެއްތޯއެވެ. މުސްތަފާބޭ ތިޔަ އުޅުއްވަނީ މޮޔައަކު އަތަށް ކަނޑިއެއް ދެއްވައިގެންތޯއެވެ.

ކޮމަންޑޫ ފަޅު ތެރޭގައި މިހާރު ލޯންޗެއް އަޅާލާނެ ޖާގައެއްނެތެވެ. ސަރުކާރުގެ ވެރިން ކެމްޕޭންކުރަން އައި ލޯންޗްތަކުން ފަޅުތެރެ ފުރި ބާރުވެއްޖެ ނޫންތޯއެވެ. މުސްތަފާބޭގެ އަމިއްލަ ލޯނޗުފަހަރުވެސް މަދެއް ނޫނެވެ. ކުންފުނިތަކުގެ ވެރިންނާއި ބޯޑު މެމްބަރުންތައް ރަށުތެރޭގައި ދުވެ ނަގަނީއެވެ. އެއަށްވުރެ ބާރަށް މުސްތަފާބެ ދުވަ ނަގަނީއެވެ. ދާއިރާގެ ގޮޑި ހޯދަންވެގެންނެވެ. ދާއިރާގެ ތިން ރަށުގައިވެސް ގަހެއްގައި މަލެއްނެތެވެ. މިމީހުންނަށް މާބޮޑި ހަދަންވެގެން މައު ބިދެ ބިދެ ގޮސް މައުތައް ހުސްވެއްޖެއެވެ. މުސްތަފާބޭވެސް އަނެއްކާ ތިޔަ ތަނުން މަލެއް ބިނދެލާފާނެތީ، އަހުރެން މިހުންނަނީ އަމަށަކު ބިރަކުން ނޫނެވެ. ސަބަބަކީ މިހާރުވެސް މުސްތަފާބެގެ ރަސްމީ ކެނޑިޑޭޓް ލިސްޓް ފުރިފައި އޮތީމައެވެ.

މުސްތަފާބެއެވެ. މުސްތަފާބެ ސިއްރު ސިއްރުން ފަޅުރަކަށް އަރައި ދާއިރާގެ ރައްޔިތުން ގެންގޮސްގެން ޑަކްޓަރަށް ދައްކާ، ނެތް ބައްޔަށް ބޭސް ދެމުންދާ ކަމުގެ އަޑުތައް ރަށުތެރޭގައި ގަދަވާން ފަށައިފިއެވެ. މިބާވަތުގެ ކަންކަމަށް ކާބަފައިން ރިޝްވަތޭވެސް ކިޔައެވެ. ބޭހަކީވެސް ފަރުވާއަކީވެސް މުސްތަފާބެ ބަހަމުންދާ ސިޓީއުރަ ނޫންތޯއެވެ.

"ކަލޭ ދޯ. ކޮންމެވެސް ކަމެއް، އެއްޗެއް ދޭންވާނެ ނޫންހޭ މިފަހަރު ދެވޭނެ ވަރަކީ މިއޮތީއޭ. ގިނަ މީހުން މިތިބީ ހަމައަކު ނޫނޭ" އޭވެސް ބުނަނީ މުސްތަފާބޭ ނޫންތޯއެވެ. ދެން ބަލިމީހާ ވޯޓްލާން ވާގޮތް ބުނެދީފައި ފޮނުވާލަނީ ނޫންތޯއެވެ. ތިޔަޒާތުގެ ކަންކަމުގައި މުސްތަފާބެ އުޅެން ހަދައިގެން މުސްތަފާބޭ ފެންނަނީވެސް މުޅިން އާދަޔާ ޚިލާފު ގޮތަކަށް ހުއްޓާ ނޫންތޯއެވެ. ފެންވަރާނެ އަމިއްލަ ހަތަރުވަޅު މުސްތަފާބޭގެ ހުރިއިރުވެސް، ތަންމަތިން ތެދުވިގޮތަށް ފެންނަހެން ހީވާފަހަރު މަދެއްނޫނެވެ.

މުސްތަފާބޭ މޭކަޕް ކޮށްލައްވާ، ގަޓުކޮށް މުސްތަފާބޭ ހުންނަވާ މަންޒަރު ދެކޭހިތުން އަހަރެން މިހުންނަނީ ކެތްމަދުވެފައެވެ. ބޮލުގައި ކުލަޖައްސާލާ، ފުނާ އަޅާލާ، ތުބުޅި ހަދާލީމާ ޖިންސުއްލަތީފުން އަދި މާ އުފާވާނެ ނޫންތޯއެވެ. އޭރުން މުސްތަފާބެއަށް އެއް ދޮނެއްގައި ދެބުޅި ޖަހާލެވޭނެ ނޫން ހެއްޔެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވުނީ ނޫންތޯއެވެ. ކެމްޕޭން ނިމޭއިރަށް ރަށެއް، ފަޅެއް، އެއެއް މިއެއް މުސްތަފާބޭ ބަލާނޭ ކަމެއް ނެތެވެ. ހަމަ އެއާއެކު ލިސްޓުން ޖާގައެއް ހުސްވާން ވާއިރު މުސްތަފާބޭ ހުންނަވަން ވާނީ ތައްޔާރަކަށް ނޫންތޯއެވެ. އަޅެފަހެ މީ ދޮގެއްތޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ