ކޯވިޑް ޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ކަރަންޓީންވާން ނުޖެހޭނެ

ކޯވިޑް ޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ކަރަންޓީންވާން ނުޖެހޭނެ

ކޯވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓް ވާމީހުން ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީންވާ ނުޖެހޭގޮތަށް ގަވާއިދަަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން މީހުން ކަރަންޓީނުކުރުމާއި، ކޯވިޑް-19 އަށް ޓެސްޓް ކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ކޯވިޑު-19 އަށް ޕޮޒިޓިވްވެ، މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެއެވެ. އަދި ކޯވިޑު-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖެން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭނެއެވެ. އަދި ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމައެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން މިއަދު އާންމުކުރި ލުއިތަކުގެ ތެރޭގައި ހިމެނެނީ ވެސް، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދީފައިވާ ލުއިތަކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ވެކްސިން މިހާތަނަށް ޖަހާފައި ވަނީ 72،825 މީހުންނެވެ. ދެ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ 369،820 އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *