އިދާރާތައް މަޖިލީހަށް ގެނައުމެކޭ، ހަރުގޭ ޖަލްސާއަކުން ހުކުމް އިއްވުމެކޭ ތަފާތެއްނެތް: ސައީދު

އިދާރާތައް މަޖިލީހަށް ގެނައުމެކޭ، ހަރުގޭ ޖަލްސާއަކުން ހުކުމް އިއްވުމެކޭ ތަފާތެއްނެތް: ސައީދު

ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތައް މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރުމެކޭ، ހަރުގެ ޖަލްސާއަކުން ހުކުމް އިއްވުމެކޭ މާބޮޑު ތަފާތެއް މިއަދު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަރުހަލާއާ ހަމައަށް ބޮޑެތި ގޯސްތައް ހަދަމުންދާތީ ކަމާގުޅުން ހުރި 5 އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް އެކޮމެޓީން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައެވެ.

ސައީދު ވިދާޅުވީ، މިއަދު ދައުލަތުގެ އިދާރާތަަކީ ވަކި ބައެއްގެ މުށު ތެރޭގައި ހުރި އިދާރާތަކެއް ކަމަށެވެ. އެއިދާރާތައް ކިތަންމެ ވަރަކަށް މަޖިލީހަށް ހާޒިރުކޮށް އެކި ވާހަކަތަކެއް ދެއްކި ނަމަވެސް ނެރެވޭނެ މާބޮޑު ނަތީޖާއެއް ނެތްކަމަށެވެ. މިއަދު މަޖިލީހަށް ހާޒިރު ކުރަން ބޭނުންވާ ފަރާތްތައް މަޖިލީހަށް ހާޒިރު ކުރުމެކޭ، އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާއަކުން ގޮން ނިންމުމެކޭ އެއްވެސް ތަފާތެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

އިދާރާތަކަކީ ރައީސް ނަޝީދާއި، ރައީސް ސޯލިހު، މޮޑޭ ފުށްގަނޑެއް. މަޖިލިހަށް ގެނައުމެކޭ ހަރުގޭ ޖަލްސާއަކުން ހުކުމް އިއްވުމެކޭ މާބޮޑުތަފާތެއްނެތް! ACC އެއީކުޑަމިސާލެއް! ކޯލިޝަނަށް ފިލިޖަހާލީމަ މަޑުންތިބޭނެ! ސައީދު ވިދާޅުވިއެވެ.

ޖުޑިޝަރީ ކޮމިޓީގައި މިއަދު ވަނީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތަށް މައްސަލަތައް ކުރިއަށް ނުދާތި އެކަމާ މެމްބަރުން މަޝްވަރާކުރައްވާފައެވެ. އެކަމަކު ގިނަ މެމްބަރުން ވަނީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާއިން ފެށިގެން ގޯސްތައް ހަދަމުންދާކަން ފާހަގަކުރައްވާފައެވެ.

މެމްބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ވަނީ ފަސް އިދާރާއެއް ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ. އެ އިދާރާތަކުގައި ހުރި މައްސަލަތަކަކީ ކޮބައިކަމާއި، ހުރި ދަތިތަކަކީ ކޮބައިކަން ސާފުކުރުމަށް އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ސޢީދުމެންތިވިދާޅުވާމޮޅުޔާމީނުގެވެރިކަމުގަނަމަވެސްބަހަޓަންނުފެންނާއްޖަލައްހުކުމްކޮފިންމީގައުމުގަކަލޭމެންހިންްްގާފަހުރިޖަރީމާހަދާނުގަމަސައްލައެބައުޅޭ

Leave a Reply

Your email address will not be published. Required fields are marked *