ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ މިބަލީގައި މިމަހު ނިޔާވި 10 ވަނަ މީހާއެވެ. އެޗްޕީއޭއިން ބުނީ ނިޔާވީނިޔާވެފައިވަނީ ޢުމުރުން 50 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ އދ.ދަނގެތި ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށް ރޭ 12:24 ހާއިރުކަމަށް އެޗްޕީއޭއިން ބުންޏެވެ. މިއީ ރާއްޖޭގައި ކޯވީޑްގައި ނިޔާވި 272 ވަނަ މީހާއެވެ.
ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2700 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 50 އަށް ވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.
ކޯވިޑްގެ އާ ޕީކާއެކު އެޗްޕީއޭވެސްވަނީ ކުއްލި ޙާލަތަށް އައިސްފައެވެ. އެގޮތުން އެމަޖެންސީ ސެންޓަރު އިތުރަށް ވަރުގަދަކުރުމާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އުސޫލުތައް އަންނަނީ ނެރެމުންނެވެ.