ޗައިނާއިން ރާއްޖޭގެ ރަށްތަކެއްގައި ހިންގި މަޝްރޫޢުތަކެއް މިސަރުކާރުން ހުއްޓުވި: ނަޝީދު

ޗައިނާއިން ރާއްޖޭގެ ރަށްތަކެއްގައި ހިންގި މަޝްރޫޢުތަކެއް މިސަރުކާރުން ހުއްޓުވި: ނަޝީދު

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2022 09:56
0

ޗައިނާއިން ރާއްޖޭގެ ރަށްތަކެއްގައި ހިންގި ޕްރޮޖެކްޓްތަކެއް މިސަރުކާރުން ހުއްޓުވާފައިވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ނޫހެއްކަމަށްވާ "އިކޮނަމީ ނެކްސްޓް"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، 2018ގެ ރިޔާސީ އިންތިޚާބުގައި ވަޢުދުވިގޮތަށް ޗައިނާއިން ހިންގަމުން އައި ބައެއް ޕްރޮޖެކްޓްތައް ހުއްޓުވާފައިވާކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 16 ރަށެއްގައި ޗައިނާއިން އަސްކަރީ ބޭސް އަޅަމުންގެންދާކަން ރައީސް ނަޝީދު ތަކުރާރުކޮށް ތުހުމަތުކުރައްވައެވެ. ރައީސް ނަޝީދު އޭގެ ފަހުން ވިދާޅުވެފައިވަނީ އަސްކަރީ ބޭސް ތަރައްޤީކުރަމުން ދިޔައީ ރިސޯޓް ހެދުމަށ ދިން ރަށްތަކެއްގައިކަމަށެވެ.

"އިކޮނަމީ ނެކްސްޓް"އަށް ދެއްވި އިންޓަރވިއުގައި ނަޝީދު ވިދާޅުވީ ޗައިނާއިން ހިންގި ޕްރޮޖެކްޓްތަކެއް ހުއްޓިއިރު އެ ރަށްތަކުގެ މިލްކުވެރިކަމާމެދު ސުވާލު އުފެދިފައިވާކަމަށެވެ. އަދި އެރަށްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ މަސައްކަތް ކޯޓްގައި ކުރިއަށްދާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގެ ރަށްތަކެއްގައިި ހިންގި މަޝްރޫޢުތަކެއް ހުއްޓުވިކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް އެފަދަ އެއްވެސް ވާހަކައެއ ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރައްވާފައިވާގޮތުގައި ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެފައިވާކަމަށާއި، އެގޮތުން މިއަހަރަކީ ގޮންޖެހުން ބޮޑު އަހަރަކަށްވާނެކަމަށެވެ. ނަޝީދު ވިދާޅުވީ ދަރަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކަން ޖެހެނީވެސް ޗައިނާއަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުރެން
މި ޤަވްމަށް ފައިދާއެއް ހުރި ވާހަކައެއް ދެއްކެވުން ވަރަށްވެސް ރަނގަޅު ހައްތާވެސް ތި އުޅުއްވަނީ ކޮންމެސް ދިމާޔެއްގައި ލެޑިގަނެގެން ޤަވްމުގެ ރައްޔަތުންގެ ވިސްނުމަށް ހަސަދަވެރިކަން ވައްދަދޭން އުޅުއްވިޔަކަސް ދެން އެކަމެއް ނުވާނެ ޝައިތޯނާ ހެދިގެން އަބަދަކު އުޅުއްވާނެކަމެއްނެއް
ދ ދޯރި
މިއީ އަނެއްކާ ޔާމީނާ ޖެހުނު އަނެކަކު. ބަލަ މިއީ ވަކިފަރާތަށް ނުޖެހޭ ގައުމެއް.