ބޮލީވުޑް އެކްޓަރ ސުނިލް ޝެއްޓީގެ ދެދަރިން މި އަހަރު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސުނިލްގެ ތިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ 29 އަހަރުގެ އަންހެން ދަރިފުޅު އާތިޔާ ޝެއްޓީ އާއި 26 އަހަރުގެ ފިރިހެން ދަރިފުޅު އަހާން ޝެއްޓީއެވެ.
ސުނިލްގެ އާއިލާއާ ގާތް މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ އަހާން އާއި އާތިޔާގެ ކައިވެނިވެސް މިއަހަރު ކުރިއަށް ގެންދަން ސުނިލް ވަނީ ވިސްނާފައެވެ. އެހެން ނަމަވެސް ސުނިލް މިވާހަކަ ވަނީ ދޮގުކޮށްފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އާތިޔާ އަންނަނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާ ޑޭޓްކުރަމުންނެވެ.
އަދި އަހާން އަންނަނީ ފެޝަން ޑިޒައިނާ ތާނިއާ ޝްރޮފްއާ ޑޭޓްކުރަމުންނެވެ. މި ދެމީހުންވެސް އަންނަނީ އެމީހުންގެ ލޯބިވެރިންނާއެކު ވަގުތު ހޭދަކުރަމުންނެވެ. އަދި ޗުއްޓީ ދަތުރުތައް ވެސް އެކުގައި ދެއެވެ.
ގިނަ ދުވަސް ތަކަކު ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު މިހާރު ސުނިލް އަންނަނީ ކޮންމެވެސް ވަރަކަށް ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އޭނާގެ ދެ ދަރިންނަކީވެސް މިހާރު ފިލްމީ ތަރިންނެވެ.
ކޮމެންޓު ފޮނުވާ