ޚިދުމަތްދޭން ދެކޮޅު ހަދާ ޓެކްސީތަކުގެ މައްސަލަ ހުށައަޅަން އެދިއްޖެ

ޚިދުމަތްދޭން ދެކޮޅު ހަދާ ޓެކްސީތަކުގެ މައްސަލަ ހުށައަޅަން އެދިއްޖެ

Author
މުޙައްމަދު ޖިމީ
21 ޖެނުއަރީ 2022 10:09
0

އެކަށީގެންވާގޮތެއްގައި ޓެކްސީ ޚިދުމަތް ނުދޭ ސެންޓަރުތަކާއި، ޓެކްސީތަކުގެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިނިސްޓޤރީން މިގޮތަށް އިއުލަންކޮށްފައިމިވަނީ މާޅޭގެ އެތެރޭގެ ދަތުރުތަށް ކުރުމަށް ޓެކްސީތައް ދެކޮޅުހަދާކަމަށް ބުނާ ދަނޑިވަޅެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އާއްމު ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދީފައިވާ، ޓެކްސީ ސެންޓަރުތަކާއި ޓެސްސީ ޑްރައިވަރުން ޚިދުމަތް ދިނުމުގައި އިޙުމާލުވަމުންދާ ކަމުގެ ޝަކުވާތައް ހުށައަޅަމުން އަންނަކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އާއްމުންނަށް ޚިދުމަތް ނުލިބޭ ކަމަށާއި، އަދި މާލެ ތެރޭގެ ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާތައް ރައްޔިތުން މިނިސްޓްރީއަށް ހުށައަޅަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، އާއްމު ރައްޔިތުން ޓެކްސީގެ ޚިދުމަތަށް އެދުމުން އެ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތައް ނުވަތަ އެކަމަށް އިންކާރުކުރާނަމަ އެ މައްސަލަ މިިނިސްޓްރީއަށް ހުށައެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު، 7943434 މެދުވެރިކޮށް، ވައިބަރ މެސެޖުން މިނިސްޓްރީއަށް ޙިއްސާކުރުމަށްވެސް ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ލާޒިމުކުރާ ކަންކަން، ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.

އްމުންގެ އެންމެ ބޮޑު ޝަކުވާއަކީ މާލެ ތެރޭގެ ދަތުރުތައް ނުނަގާ، މާލެއާ ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދިގު ދަތުރުތަކަށް އެކަނި ޓެކްސީ ޑްރައިވަރުން ދަތުރު ނަގާ މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ilaas
ministreege beefulhun hama baa Kihineth baa saabithukuranee
ދ ދަނގަޑު
ތިކަމުގަ އޮތް ހައްލަކީ ހުޅުމާލޭ ދަތުރުތައްވެސް ފޭސް އެކަކުން ދޭކަށް ދިޔުން ހިމެނޭގޮތަަށް މާލެއެކޭ އެއްގޮތަށް ބަދަލު ކުރުމެވެ. ތަފާތެއް ގެންނަންވީ ހަމައެކަނި މާލެ ހުޅުމާލެ މާލެ ދަތުރަށެވެ.
ޟ ޟު
ޓެކްސީ ޱްރައިވަރުން ގެ މުއާމަލާތް ކުރުމުގެ ބަހުރުވަޔާ ހިދުމަތުން ނަގާ އަގު ވެސް ހަމަ މަގައް އަޅުވަން ވެއްޖެ ދެއްތޯ. އެމީހަކު ހިތަން އެރި ވަރެއް އަގަކައް ވެސް ކިޔަނީ ދަތުރަކައް އެރުވޭނެ މީހުންވެސް އެބަ އުސޫލެއްގަ ހިފަހައްޓަން ޖެހޭ ކަންނޭގެ. ޱަބަލް ދަތުރު ނުވަތަ 3 ދަތުރު ވެސް އެއްފަހަރާ ނަގަނީ ހިތްހަމަ ނުޖެހި އެއްޗެއް ބުނެއްޖެއްޔާ ކާރުން ވެސް ބާލުވަނީ