ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމަށް ނޫސްވެރިޔާ ތަހާރަތު ވަހީދު (ތަހާ) ހަމަޖައްސައިފިއެވެ.
ތަހާ ހަމަޖެއްސި މަޤާމަކީ ސިޔާސީ މަޤާމެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރި ތަހާ ވަނީ ޗެނަލް-13 އާއި، ރާއްޖެ ޓީވީގައިވެސް މަސައްކަތް ކޮށްފައެވެ. އަދި މިހާރު އަމިއްލަ ނޫހެއްވެސް އޭނާ ދަނީ ހިންގަމުންނެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މުސާރައިގެ ގޮތުގައި 15،000ރ. ލިބޭނެއެވެ. އަދި އެލަވެންސްގެ ގޮތުގައި 1000ރ. ގެ އިތުރުން ފޯން އެލަވަންސަށް 500ރ. ލިބޭނެއެވެ.
މިސަރުކާރުގެ ގިނަ އޮފީސްތަކެއްގެ ކޮމިއުނިކޭޝަން އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ބޭފުޅުންނަކީ ކުރީގެ އެކި ނޫސްތަކާއި ޓީވީތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި ގިނަ ނޫސްވެރިންތަކަކަށް ވަނީ މިސަރުކާރުގެ އެކި އޮފީސްތަކުން ސިޔާސީ މަޤާމުތައް ހަމަޖައްސާފައެވެ.
ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވެސް ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތަކަށް އުފެއްދުމަށް ވަނީ ޚާއްސަ ބަޖެޓެއްވެސް ކަނޑައަޅާފައެވެ
ކޮމެންޓު ފޮނުވާ